07 Jan 2021, 08:57
ބޮލީވުޑްގެ ޒުވާން ދެތަރިން ކަމަށްވާ ޖާންވީ ކަޕޫރާ ކާތިކް އާރްޔަން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކުޅަދާނަ އެކްޓަރު ސްރިދޭވީ އާ ބޯނީގެ ދަރިފުޅު ޖާންވީ އާ ކާތިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރުނީ ދެތަރިން އެކުގައި ގޯއާގައި ޗުއްޓީ ހޭދަ ކުރަމުންދާކަން ހާމަކުރުމާގުޅިގެންނެވެ.
ދެތަރިން ގޯއާ އަށް ދިޔައީ ވަކިވަކިން ކަމަށް ބައެއް ޚަބަރުތައް ބުނި ނަމަވެސް ދެތަރިން ގޯއާގައި ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
“ދޯސްތާނާ 2” އިން ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާއިރު މި ފިލްމުވެގެންދާނީ ދެމީހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ކާތިކް އާ ޖާންވީގެ ގުޅުމުގެ ވާހަކައެންމެ ފުރަތަމަ ދެކެވޭން ފެށީ ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާގެ ނިއު އިޔާ ޕާޓީއަށް މި ދެ ތަރިން އަތުގުޅުވާލައިގެން ހުރެ ދިޔުމުންނެވެ.
ބޮލީވުޑްގައި ޒުވާން އާ ޖޯޑުތަކެއް ގުޅެމުން އަންނައިރު އާ ޖޯޑު އަނަންޔާ ޕާންޑޭ އާ އިޝާން ކައްތުރާ ވަނީ ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށްގޮއްސައެވެ. އޭގެ އިތުރުން ލައްކަ ޒަމާންވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްނުވާ ބަތަލާ ދިޝާ ޕާޓްނީ އާ ޓައިގާ ޝްރޮފް ވެސް ވަނީ އެކުގައި ރާއްޖޭގައި ޗުއްޓީހޭދަކޮށްފައެވެ. ހަމައެއާއެކު ސިދާތް މަލްހަތްރާ އާ ކިއާރާ އަދުވާނީ ވެސް ވަނީ އާ އަހަރު ފާހަަގަކުރަން ރާއްޖެ އައިސްފައެވެ.