ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބަދާއި ހޯ"ގެ ސީކުއަލް "ބަދާއީ ދޯ" ގެ ޝޫޓިން ފަށައިފިއެވެ.

ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ބޫމީ ޕެޑްނޭކަރު އާ ރާޖްކުމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓުން ފެށްޓީ ދެހަރާދުން ގައެވެ. ހަރްޝްވަދަން ކުލްކާނީފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް ޑައިރެކްޓްކުރާއިރު ރާޖްކުމާރު މި ފިލްމުން ފެނިގެންދާނީ ދިއްލީ އަށް ނިސްބަތްވާ ފުލުހެއްގެ ރޯލުންކަމަށް ހަބަރުތައް ބުނެ އެވެ. ބޫމީ މި ފިލްމުންފެނިގެންދާނީ ޕީޓީ ޓީޗަރެއްގެ ރޯލުންނެވެ. "ބަދާއީ ދޯ" އަކީ ލޯބީގެ ވާހަކަ އެއް ކިޔައިދޭ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ ބައި “ބަދާއީ ހޯ” އަށް ވަނީ ނޭޝަނަލް އެވޯޑުވެސް ލިބިފައެވެ. ބަދާއީ ދޯ ވެގެންދާނީ ބަތަލާ ބޫމީ އާއި ރާޖްކުމާރު އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

ބަދާއީ ހޯ އަކީ އަޔޫޝްމަން ކުރާނާ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމެކެވެ. ސަނާޔާ މަލޯތުރާ، ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ މުހިންމު ރޯލުތައް ކުޅެފައިވާ އެ ފިލްމުގައި ފެނިގެންދަނީއާޔޫޝްމަންގެ ދުވަސްވީ މައިންބަފައިންނަށް ކުއްޖަކު ލިބެން އުޅޭ ޚަބަރާ އެކު އާޔޫޝްމަންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.