ކޮވިޑް-19 އަށް މިއަދު ރާއްޖެއިން އިތުރު 37 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 2444 ސާމްޕަލްގެ ތެރެއިން 37 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު ފެނުނު 37 ކޭސްގެ ތެރެއިން 26 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތަކުން އެއް ކޭސް އަދި ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވިއެވެ. އޭގެ އިތުރުން ލިވްއަބޯޑު ތަންތަނުން ތިން މީހަކު ޕޮޒިޓިވްވިއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،967 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން 13،225 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު ކޮވިޑް ޖެހިފައިވާ 687 މީހުން އެބަތިއްބެވެ.

ކޮވިޑް ޖެހިގެން 40 މީހަކަށް މިހާރުވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 48 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.