ކ. މާފުށީ ޖަލަށް ގަވާއިދާ ޚިލާފަށް ބަޔަކު ވަނުމުން ޖަލު ކުއްލި ހާލަތަށް ގެނެސްފި އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށީ ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވާއިދާ ޚިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފައި ކަމަށެވެ.

އެއްވެސް ގައިދީއަކު ފިލާފައިނުވާކަމުގެ ޔަގީންކަން ކޮމިޝަނަރު ވަނީ ދެއްވާފަ އެވެ.

އެ މައްސަލައާ ގުޅިގެން ޕްރިޒަން އޮފިސަރުންނާއި ފުލުހުންނާ ގުޅިގެން "ސާޗް" އޮޕަރޭޝަނެއް މިހާރު ކުރިއަށްގެންދާކަމަށް ފުލުހުން ބުންޏެވެ.

ޖަލުގައި ތިބި އެއްވެސް މީހަކު މަދު ނޫންކަމަށް ކަރެކްޝަންސްއިން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.