Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރަ މިރޭ ވެސް އެމްއެމްއޭ ސަރަހައްދުގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ. މިރޭގެ މުޒާހަރާއަށް މީހުން ޖަމާވެ، ގޮވައިލަމުން ދަނީ ސަރުކާރާއި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދިނުމަށާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ ރ. ހުޅުދުއްފާރު ބަހާރުގޭ އަބްދުﷲ މުހައްމަދު ވަގުތުން ވަގުތަށް މިނިވަން ކުރުމަށެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށެވެ.
މުޒާހަރާ ފަށާފައިވާއިރު ސަލާމަތީ ބާރުތައް މިރޭ ވެސް ތައްޔާރީ ހާލަތުގައި އެބައޮތެވެ. ޖުމްހޫރީ މައިދާނުގަ އާއި އެމްއެމްއޭ ސަރަހަދުގައިގައި ފުލުހުންގެ ސަފުތައް އޮތް ނަމަވެސް މުޒާހަރާގެ ފޯރި އޮތީ ކުޑަކޮށެވެ. މީހުން ވެސް އެހެން ރޭރެއާ އަޅާ ބަލާއިރު ގިނައެއް ނޫނެވެ.
މުޒާހާރާގެ ތެރެއިން ކުޑަކުއްޖެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހި މައްސަލައެއްގައި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ހޫނުވެފައި. ކުއްޖާގެ ބެލެނިވެރިން ވެސް އަޑު ގަދަ ކުރަމުން ދަނީ. ބައެއް މީހުން ދެންމެ ވަނީ ހައްޔަރުކޮށްފައި.
މުޒާހަރާގެ ބައިވެރިން މަޑުކޮށްފައި ވަނި ޗާންދަނީ މަގާ މަޖީދީ މަގު ގުޅުނު ކަންމަތީގައި. އެތާނގައި ޝުއޫރު ފާޅު ކުރާއިރު ރަޔަޓް ފުލުހުން ވެސް އެ ސަރަހައްދުގައި މަޑުކޮށްލައިގެން އެބަތިބި
ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވާލަމުން، ސެންޓްރަލް ހޮޓެލް ކައިރިން މަޖީދީ މަގުން ނުކުންނަނީ. މުޒާހާރަގެ ބައިވެރިން ބުނަނީ މުޒާހަރާ މަޑުކުރާނީ ޗާންދަނީ މަގުގައި ކަމަށް.
މިހާރު މުޒާހަރާ އޮތީ މާވެޔޮ މަގުގައި އަދިވެސް ކުރިޔަށް ދަނީ ޝުއޫރު ފާޅު ކުރަމުން. މުޒާހަރާގައި އަދި އެއްވެސް ހަމަނުޖުމެއް ނުހިނގާ. ފުލުހުން ވެސް އެއްވެސް ދިމާއަކުން ނުފެނޭ
މުޒާހަރާގެ ބައިވެރިން މިރޭ ވެސް މަަގުތަކަށް ނުކުތުމަށް ދަނީ މަސައްކަތް ކުރަމުން. އަދި ވަކި ދިމާއެއް އާންމުކޮށްފައެއް ނުވޭ. ޑޯންކެފޭ ސަރަހައްދުން މުޒާހަރާ ކުރިޔަށް ދާއިރު އެކީ އެއް އަޑަކަށް ގޮވަމުން ދަނީ އަބްދުﷲ ގާޒީ މިނިވަން ކުރުމަށް. މުޒާހަރާގެ ސްޕޯކްސް ޕާސަން ދެންމެ ވިދާޅުވެފައި ވަނީ މުޒާހަރާގެ ބައިވެރިން މަޑު ކުރާނެ ވަކި ތަނެއް އަދި ނުނިންމަވާ ކަމަށް. މުޒާހަރާގެ ބައިވެރިންގެ ފަހަތުން ފުލުހުން ވެސް ދަނީ ހަރަކާތް ކުރަމުން
މުޒާހަރާގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލުން ނޫން އިތުރު ކަމެއް ނުހިނގާ. މިހާރު ވާހަކަ ދައްކަނީ މުޒާހަރާގެ ސްޕޯކްސް ޕާސަން، ސިއްދީގު، އޭނާގެ އަޑުދަށުން ގޮވާލަމުން ދަނީ ރައީސް ނަޝީދުގެ އިސްތިއުފާއަށް.
އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާ ކުރާއިރު ޗާންދަނީ މަގު ގޯޅިއެއްގެ ތެރޭގައި ވެސް އަޑުގަދަ ކުރާއިން މުޒާހަރާ ކޮށް ޝުއޫރު ފާޅު ކުރަމުން އެބަދޭ. އެސަރަހައްދުގައި މާ ގިނަ ބަޔަކު ނެތް.
ކޮމިޝަނަރު ފަސީހާ ބައްދަލު ކުރަން ވަޑައިގެންނެވި މުޒާހަރާގެ މަންދޫބުންނަށް ފުލުހުން އެންގި ކަމަށް ވަނީ އެޕޮއިންޓްމަންޓް ލިބުނުހާ އަވަހަކަށް އަންގާނެ ކަމަށް. އެބޭފުޅުން ވިދާޅުވީ އެބޭފުޅުން މަސައްތް ކުރެއްވީ ފަސީހާ ބައްދަލު ކުރުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށް މިހާރު އެބޭފުޅުން ވެސް މުޒާހަރާގެ ތެރެއަށް ވަޑައިގެންފި
ގާސިމް އިބްރާހިމް، (މުޒާހަރާގައި): މިއީ ވަކި މީހެއްގެ ޖީބަކުން ނޫން ފަނޑިޔާރުންނަށް މުސާރަ ދެނީއަކީ. މަޖިލީހުން ދެނީ. ކިހިނެއްތީ ރައީސަށް ހިފެހެއްޓޭނީ. އަޅުގަނޑު ދަންނަވާނީ ފަނޑިޔާރު ބިރު ނުގަންނާށޭ އެކަމެއް އެ ގޮތަކަށް ނުވާނެ. ސިފައިންގެ ޗީފަށް އަޅުގަނޑު ދަންނަވަނީ އަބްﷲ ގާޒީ ދޫކޮށްލުމަށް.
އަޅުގަނޑު މި ދަންނަވަނީ ފަނޑިޔާރުންގެ މުސާރައް ނުހިފެހެއްޓޭނެ. އެއީ ވާނެ ކަމެއް ނޫނޭ. ފަނޑިޔާރުން އެކަމާ ކަންބޮޑު ވާނެ ކަމެއް ނެޔް. އެކަމެއް ނުވާނެ
މުޒާހަރާގެ ބައިވެރިންގެ މެސެޖަކާއެކު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ދެންމެއަކު ފުލުސް އޮފީހަށް ވަޑައިގެންފައި. އެ ދެބޭފުޅުނުން އެދިމާއަށް ދާން އުޅުމުގެ ތެރޭގައި ވަނީ ހޫނުވެފައި.
އަލްހާން ފަހުމީ، އެމްޑީޕީ ހަރުގެއިން: ދަށުގެ ކޯޓްތަކުފެ ފަނޑިޔާރުންނާ ބެހޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އުސްތާޒު އަހުމަދު ފާއިޒު ހުސައިން ނެރުއްވި ބަޔާނަކީ ޣައިރު ގާނޫނީ ބަޔާނެއް. އެއީ އުއްތަމަ ފަނޑިޔާރު ހިންގާފައިވާ ޣައިރު ގާނޫނީ ޖަރީމާއެއް.
ރީކޯ މޫސާ މަނިކު: ގާނޫނާ ހިޔާލާފަށް ހުވާކޮށްގެން ތިބި ފަނޑިޔާރުންނަށް މުސާރަ ދޭކަށް ނުކެރޭނެ. މުސާރަ ދީފިނަމަ ފިނޭންސް މިނިސްޓްރީ ކައިރިއަށް އެއްވާނަން. ލާހިކެއް ނޫން މުސާރަ ދޭކަށް
މިހާރު އިންތިހާބެއް ބޭއްވިޔަސް ބޮޑު އަޣުލަބިއްޔަތަކުން ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ،
އިލްހާމް އަހުމަދު މުޒާހަރާގައި: އެމްއެންބިސީއަކީ މުނާފިގު ޓީވީއެއް އަޅުގަނޑު މި ގޮވާލަނީ އެ ޗެނަލް އޮފްކޮށްލައި މިރެއިން މިރެއަށް އެ ޗެނަލް ބެލުން ހުއްޓާލަން. އަދި ޖީއެސްޓީ ދެއްކުން ހުއްޓާލުމަށް.
އެމްއެންބީސީއަކީ މުނާފިގު ޓީވީއެއް. އެއީ ޓީވީ ބެލުން ހުއްޓާލުމަށް އަޅުގަނޑު ރައްޔިތުންނަށް ގޮވާލަން. މިރެއިން މިރެއަށް އެޗެނަލް އޮފްކޮށްލުމަށް އަޅުގަނޑު ދަންނަވަން
ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން މަޝްވަރާގެ މޭޒުގެ ދަށަށް އައުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި ޑީއާރްޕީގެ ލީޑަރު ތަސްމީނަށް ޑރ. ޑީޑީ ދެންމެ ވަނީ އެމްޑީޕީގެ ހަރުގޭގައި ގޮވާލައްވާފައި.
ނިހާނާއި މާޒް ސަލީމް އިސްކޮށް ހުރެހެން ބެރިކޭޑްތައް ހުރަސް ކުރުމާއެކު ފުލުހުން ދޭން ފެށި އިންޒާރުތަކަށް ކިޔަމަން ނުވުމުން ފުލުހުންގެ ރަޔަޓް ގިޔަރު ފުލުހުން ކުރިޔަށް ނުކުމެއްޖެ. ހިސާބަކަށް ހަމަނުޖެހުން ހިނގަމުން އެބަދޭ. މިހާރު ވެސް ފުލުހުން ދަނީ އިންޒާރު ދެމުން. އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ.
ރޭގެ މުޒާހަރާގައި އަނިޔާވެފައިވާ މާޒް ސަލީމް ނުކުޅެދޭ މީހުން ތިބޭ ކަހަލަ ފުރޮޅުލީ ގޮނޑިއެއްގައި 10 ވަރަކަށް މީހުންނާއެކު ފުލުހުންގެ ބެރިކޭޑްތައް ހުރަސްކޮށް އެތެރެއަށް ވަދެ އިށީންދެއްޖެ. ފުލުހުން އިންޒާރު ކުރަމުން ދަނީ އެތަން ދޫކޮށް ދިއުމަށާއި މަސްލަހަތު ނަގާ ނުލުމަށް.
ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކުގެ ދަށުން އެމްއެމްއޭ ކުރިމަތީގައި މުޒާހަރާ ކުރެވޭނެ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން އެމްއެމްއޭ ކުރިމައްޗަށް ޖެހުމަށް ނިހާން އެންގުމާއެކު މުޒާހަރާގެ ބައިވެރިން ކުރިޔަށް އަރަނީ. ފުލުހުން މަސައްކަތް ކުރަނީ އާންމުން އެމްއެމްއޭ ކުރިމައްޗަށް ދިޔަ ނުދިނުމަށް. ހިސާބަކަށް ކޮއްޕާ ގަޅުވާވެސް ހަދަމުންދޭ. އެކަމަކު އަދި ހަމަނުޖެހުމެއް ނެތް.
އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ: ސުޕްރީމް ކޯޓްގެ ނިންމުންތަކާމެދު ސުވާލު އުފެދޭ. އެކޯޓުން އެއް ބާވަތެއްގެ ކަންކަމުގައި ގޮތް ނިންމަނީ ތަފާތު ކޮށް.
މިހާރު ވާހަކަ ދައްކަވަނީ ނިހާން ހަސަން މަނިކު، އޭނާ ވިދާޅުވަނީ މިގޮތަށް ކޮންމެރެއަކުން މީހުން އެއްވެ ކުރަމުންދާ މުޒާހަރާތަކަކީ ދިވެހި ތާރީހުގައި ރިކޯޑެއް ކަމަށް. މިހާރު ވަރަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި އެމްޓީސީސީއާ ހަމައިން ފެށިގެން މަސް މާރުކޭޓާ ހަމައަށް ވެސް މީހުން އެބަތިބި.
އުމަރު ނަސީރު ވާހަކަ ދައްކަވާއިރު ފުލުހުންގެ ސަފެއް ކުރިޔަށް ޖެހި، ފެން ލޯރިއެއް ވެސް މިހާރު ވަނީ އެ ސަރަހައްދަށް ގެނެސްފައި.