ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ 18:00 - މިއަދު 18:00 ނެގި 3،888 ސާމްޕަލުން 37 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 20 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ދެ މީހެއްގެ އިތުރުން ސަފާރީއަކުން އެކަކާއި މިހާރު އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 13،930 އަށް ވަނީ އަރާފަ އެވެ. މިހާރު ހުރި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 658 އެވެ. އަދި އޭގެ ތެރެއިން 41 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނެވެ.

ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 13،217 އެވެ. އޭގެ ތެރެއިން މިއަދު ރަނގަޅުވެފައިވަނީ 13 މީހުންނެވެ.

މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.