05 Jan 2021, 14:40
ބާވެ ހަލާކުވެފައި ހުރި ސިފައިންގެ އުޅަނދުތަކެއް ދުވަހު ނީލަމުގައި ވިއްކާލަން ޑިފެންސް މިނިސްޓްރީއިން އިއުލާނުކޮށްފި އެވެ.
ނީލަމުގައި ވިއްކާލަން ޑިފެންސް މިނިސްޓްރީއިން އިއުލާނު ކުރީ ބާވެ ހަލާކުވެފައިވާ ހަތަރު ކާރާއި، ދެ ސައިކަލާއި، ދެ ޖިޕާއި، ބަހަކާއި، ކެރޭން ލޮރީއަކާއި، ފޯކްލިފްޓެއްގެ އިތުރުން ކްރޫކެބް ޕިކަޕެކެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުރި އެ އިއުލާނުގައިވާ ގޮތުން ނީލަން އޮންނާނީ މާދަމާ ހެނދުނު 9:30ގައި އިންޑަސްޓްރިއަލް ޒޯނުގަ އެވެ.
ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ވަގުތަށް އައިޑީކާޑު ކޮޕީއަކާއެކު އިންޑަސްޓްރިއަލް ޒޯނަށް ދިޔުމަށް ޑިފެންސް މިނިސްޓްރީއިން އެދިފައިވެ އެވެ.
ނީލަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ 9505090އަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.