05 Jan 2021, 10:25
އޮޅުވެލި ރިސޯޓުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ ދެ ކޮޓަރި އަނދައިފި އެވެ.
އެ ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ ރޭ 12:25 ހާއިރު އެވެ.
އެމްްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ ހަތަރު ކޮޓަރީގެ ބްލޮކެއްގައި އަލިފާނުގެ އަސަރު ކުރި ކަމަށެވެ.
"ހަތަރު ރޫމްގެ ބްލޮކެއްގެ ތެރެއިން ދެ ރޫމް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި،" އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާ ޓީމުން ދިޔަ އިރު، ރިސޯޓުގެ މުވައްޒަފުން ވަނީ އަލިފާން ނިއްވާލާފަ އެވެ.