05 Jan 2021, 11:43
ސިއްހީ ރައްކާތެރިކަމުގެ މިންގަނޑު ހިފަހައްޓާ ފަރާތްތަކަށް ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓު ކޮމްޕްލަޔަންސް (އީއައިއެފްއީސީ)ގެ ސެޓްފިކެޓެއް ދޭން ނިންމައިފި އެވެ.
އީއައިއެފްއީސީ އަކީ ތަފާތު ގިނަ ދާއިރާތަކުން ކުއްލި ހާލަތާއި ގުޅޭގޮތުން ނުވަތަ ކޮންމެ ބާވަތެއްގެ ވެސް މުހިންމުކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި ގައިޑްލައިންތަކާއި އަދި ސެޓްފިކެޓް ދެވޭނެ ނިޒާމްތައް ތަރައްގީކުރާ މުއައްސަސާއެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އީއައިއެފްއީސީ އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން "ސިއްހަތު އަދި ސާފުތާހިރުކަމާ އަދި އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް" ކޮމްޕްލަޔަންސް ސްޓޭންޑާޑުތަކުގެ މިންގަނޑުތައް ހިފަހައްޓާ ފަރާތްތަކަށް އީއައިއެފްއީސީގެ ސެޓްފިކެޓެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ، އެފަދަ ސްޓޭންޑާޑްތަކެއް ގާއިމުކޮށް ހިފެހެއްޓުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި ސާފުތާހިރުކަން ކަށަވަރުކުރުމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.