ރާއްޖެއިން އިތުރު 26 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ 18:00 - މިއަދު 18:00 ނެގި 2،901 ސާމްޕަލުން 26 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 11 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ތިން މީހެއްގެ އިތުރުން ސަފާރީއަކުން އެކަކާއި މިހާރު އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 13،893އަށް ވަނީ އަރާފަ އެވެ. މިހާރު ހުރި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 634 އެވެ. އަދި އޭގެ ތެރެއިން 32 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނެވެ.

ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 13،204 އެވެ. އޭގެ ތެރެއިން މިއަދު ރަނގަޅުވެފައިވަނީ 13 މީހުންނެވެ.

މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.