03 Jan 2021, 22:12
މިއަދު 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1734 ސާމްޕަލްގެ ތެރެއިން 33 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދު ފެނުނު 33 ކޭސްގެ ތެރެއިން 24 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި މީހުން ދިރިއުޅޭ ރަށަކުން އެކަކާއި ރިސޯޓުތަކުން ހަ މީހުންނާއި އިންޑަސްޓްރިއަލް ރަށަކުން މީހަކާއި، ސަފާރީ އުޅަނދަކުން މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،867 އަށް އަރައިފައެވެ.
މިއަދު 25 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،191 އަށް އަރައިފަ އެވެ.
މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 613 އެވެ. އޭގެ ތެރެއިން 31 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން 48 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.