03 Jan 2021, 14:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އާ އޮފީސް ހުޅުވައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އާ އޮފީހާ އެކު ޑީޕީއީގެ ހުރިހާ ހިދުމަތެއް ދެން ދޭނީ ހ. އަސްރަފީވިލާގެ ދެވަނަ ފަންގިފިލާގައެވެ.
ކުރިން ޑީޕީއީގެ އޮފީސް ހިންގަމުންދިޔައީ މާލޭގެ ބާޒާރު މަތީގައި ހުންނަ ފިލާ ބިލްޑިންގައެވެ. އޭރު ޑީޕީއީ ހިންގީ އެތަނުގެ ދެ ފަންގިފިލާގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ ޑީޕީއީގެ އޮފީސް އެހެން ތަނަކަށް ބަދަލުކުރަން ނިންމީ ކުރިން އޮފީސް ހިންގި ފިލާ ބިލްޑިން ހަލާކުވަމުންދާތީއާއެކު އެތަން މަރާމާތުކުރަން ވެސް ދަތިވެ މަސައްކަތްތައް ކުރުމުގައި ދަތި އުނދަގޫތަކާ ކުރިމަތިވަމުން ދިއުމުގެ ސަބަބުން ކަމަށެވެ.