03 Jan 2021, 13:18
ލައިފް ސަޕޯޓްއިން ހިންގާ ސެފަޔާއިން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ސެފަޔާއިން ވިއްކާ މުދަލުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
ޑިސްކައުންޓްގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި ސެފަޔާ އިން ވިޔަފާރި ކުރާ ފަރާތްތަކަށް ކުޑަ ހަދިޔާއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ސަފަޔާ ފިހާރައަކީ ބްރޭންޑެޑް އަދި ފެންވަރު ރަނގަޅު ކޮސްމެޓިކްސް އާއި މަދަކެއާގެ އިތުރުން ބިއުޓީ އަދި ޕާސަނަލް ކެއާގެ ގިނަ ތަކެތި ވިއްކާ ފިހާރައެކެވެ.
ސެފަޔާ ފިހާރަ ހުންނާނީ ސޯސަން މަގު، ސިޓީ ބޭކަރީ ކައިރީގަ އެވެ.