ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ސިފައިންނާއި ބައްދަލުކުރައްވައި ފިއެވެ.

ެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ލެފްޓިނެންޓް ކާނަލް އަބްދުއް ރަހީމް އަބްދުއް ލަތީފް މިރޭ ވިދާޅުވީ ރައީސް ނަޝީދު މިއަދު ހަވީރު ސިފައިންނާއި ބައްދަލުކުރެއްވީ ސިފައިންގެ މައި އިދާރާ، ބަންޑާރަ ކޮށީގައި ކަމަށެވެ.

"މިއަދު ހަވީރު ސިފައިންގެ މައިމަރުކަޒުގައި ބައްދަލުކުރެއްވީ. ރައީސް މިއަދު ސިފައިންނާއި ބައްދަލުކުރީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އާންމުކޮށް ރައީސް ސިފައިންނާއި ބައްދަލުކުރައްވާ. މިއަދުވެސް ބައްދަލުކުރެއްވީ އާންމު އުސޫލުން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ނަޝީދު ދޭތެރެދޭތެރެއިން ބައްދަލުކުރައްވާ ކަމަށާއި މިއަދުގެ ބައްދަލުވުމަކީ ވެސް އެފަދަ ބައްދަލުވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މިއަދު ސިފައިންނާއި ބައްދަލު ކުރެއްވިއިރު ޑިއުޓީގައި ތިބި ސިފައިން ފިޔަވާ ހުރިހާ ސިފައިން ބައިވެރިވި ކަމަށެވެ.