02 Jan 2021, 22:46
ކޮވިޑް-19 އަށް މިއަދު ރާއްޖެއިން އިތުރު 30 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 2105 ސާމްޕަލްގެ ތެރެއިން 30 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދު ފެނުނު 30 ކޭސްގެ ތެރެއިން 17 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ބާކީ 13 ކޭސް ފެނުނީ ރިސޯޓްތަކުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،834 އަށް އަރައިފައެވެ.
ކޮވިޑް ޖެހިގެން 13،166 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު ކޮވިޑް ޖެހިފައިވާ 613 މީހުން އެބަތިއްބެވެ.
ކޮވިޑް ޖެހިގެން 29 މީހަކަށް މިހާރުވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން 48 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.