02 Jan 2021, 17:39
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު "ބޮމެކޭ" ކިޔައިގެން ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އުމުރުން 28 އަހަރުގެ އިންޑިއާއަށް ނިސްބަވްތާ އެ މީހާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހު މެންފުރުފަހު 1:30ގައި އެއާޕޯޓަށް ފުރަން ގޮސް ހުއްޓަ އެވެ.
ފުލުހުން މިއަދު ބުނީ، އޭނާ ހައްޔަރު ކުރީ ފުރަން ގޮއްސަހުއްޓާ
"ބޮމެކޭ" ބުނެ ވާހަކަ ދައްކައިގެން ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓެރަރިޒަމްގެ ތުހުމަތުގައި ކަމަށެވެ.
އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ފަސް ދުވަސް ބަންދަށް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު އޭނާ ބަންދުގެ މުއްދަތު ޖެހި ކޯޓު އަމުރުގައި އޭނާއަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ބާވަތަކީ ޓެރަރިޒަމެވެ.
ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގެ ޒާތަށް ބަލައި، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުން، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ބިދޭސީއަކަށްވުމުން ފިލާފާނެކަމަށްޓަކަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.