Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާ މިރޭވެސް އެމްއެމްއޭ ސަރަހައްދުގައި ފަށއިގެން ކުރިޔަށް އެބަދެ އެވެ. މުޒާހަރާ ހިނގާ ސަރަހައްދުގައި ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު މިރޭވެސް އިދިކޮޅު ފަރާތްތަކުން ދަނީ އަބްދުﷲ ގާޒީ މިނިވަން ކުރުމަށާއި ގާނޫނާ ހިލާފު އަމަލުތައް ކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ދިއިސްލާމްގެ ނޫސްވެރިޔާ އަށް ހަމަލާ ދީ އަނިޔާ ކުރި ކަމަށް ފުލުހުން ވަނީ އިންކާރުކޮށްފައި. ފުލުހުން ބުނަނީ އެފަދަ ގޮތަކަށް އަމަލު ނުކުރާ ކަމަށް ނަމަވެސް އޭނާ ގަދަދައްކާފައިވާނަމަ އެ ގަދަ ދެއްކުމާ އެއްވަރުގެ ފޯސް އެއް ބޭނުންކޮށްފައި އޮވެދާނެ ކަމަށް.
ވާހަކަ އެއް ދައްކާލަން ގެންދިޔައީ ކަމަށް ފުލުހުން ބުނެ ގެންދިޔަ، ދި އިސްލާމްގެ ނޫސްވެރިޔާ ދޫކޮށްލައިފި. އޭނާއާ ހަވާލާދީ ސަންގެ ނޫސްވެރިޔާ ބުނީ އޭނާ ވެހިކަލަށް އެރުވުމަށްފަހު އަނިޔާ ކުރި ކަމަށާއި މޫނުމަތީގަ އާއި ބަނޑުގައި ވެސް ޖެހި ކަމަށް ވެސް ބުނޭ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބޭ. މުޒާހަރާގައި ހައްޔަރު ކުރި ބައެއް މީހުން މިހާރު ދޫނިދޫއަށް ގެންގޮސްފި
ޖުމްހޫރީ މައިދާން ސަރަހައްދަށް ހިސާބަކަށް މީހުން ވަނީ ޖަމާވެފައި. ދިޔާނާ ހައްޔަރު ކުރެއްވެީ ޖުމްހޫރީ މައިދާނުގެ ތެރެއިން ކަމަށް ދިޔާނާގެ ފިރިކަލުން ޖާބިރު ވިދާޅުވި.
އަޅުގަނޑު މިކަމުގައި ގާނޫނީ ފިޔަވަޅު އަޅާނަން. ދިޔާނާ ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު ޖުމްހޫރީ މައިދާނުގައި އިންނަވަނިިކޮށް
މިރޭގެ މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދު ހައްޔަރުކޮށްފި އޭނާ ހައްޔަރު ކުރި ކަމަށް ވަނީ މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އިންޓަވިއު ދެއްވަނިކޮށް
މުޒާހަރާގެ ބައިވެރިން މިހާރު އަނެއްކާވެސް ބޮޑުތަކުރުފާނު މަގުގައި. އެމީހުން މަސައްކަތް ކުރަނީ އެމްއެމްއޭއާ ދިމާއަށް ދާތަން. މިހާރު ވަރަށް ގިނަ އަދަދަކަށް ސިފައިން ވެސް ވަނީ ހަރަކާތްތެރިވާން ފަށާފައި. ވަރަށް ގިނަ މީހުން ހައްޔަަރުކޮށްފައިވާ ކަމަށް ވަނީ މީހުން ބިންމަތީގައި ދަމާފައި ގެންގޮސް ކަމަށް.
ދުވަހު ނޫހެއްގެ ފޮޓޯގްރާފަރެއްގެ ބޯ ފަޅައިގެން ހިނގައްޖެއް ކަމަށް ބުނޭ. އޭނާގެ ބޯ ފަޅައިގެން ދިޔައީ މުޒާހަރާގެ ތެރެއިން އެއްލި ގާބުރުއަކުން ޖެހި.
ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުގަ އާއި އަލިމަސް ކާނިވާ ސަރަހައްދުވެސް ވަނީ މުޅިން ހަލަބޮލިވެ މުޅި ސަރަހައްދުގައި މީހުން ދުވަމުން ދަނީ. ފުލުހުން ދަނީ އަމުރަށް ނުކިޔަމަންތެރިވާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ހައްޔަރުކުރަމުން. ބިރުން ފިލަންދާ މީހުން ވެސް ހައްޔަރު ކުރަން ފަށައިފި.
ޕީޕީއެމްގެ ޖަގަހަ ސަރަހައްދުން ފުލުހުން މުޒާހަރާގެ ބައިވެރިން ފަހައިގަނެ ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފައި އަދިވެސް އިތުރު ދިމަ ދިމާއިން ފުލުހުން މީހުން ފަހާ ދުވަމުން ދަނީ. ފުލުހުންނާ ދިމާއަށް ގަލާއި ފުޅިފަދަ އެއްޗެހިވެސް އުކަން ފަށައިފި، ފުލުހުން އިންޒާރު ދެމުން ދަނީ އެއްޗެހި ނޫކުމަށާއި ސަރަހައްދު ދޫކޮށް ދިއުމަށް
މުޒާހަރާގެ ތެރެއިން މަގުތަކަށް ނުކުތް މީހުން މިހާރު ކުރިޔަށްދަނީ އިސްކަންދަރު މަގުން. ވަރަށް ގިނަ ބަޔަކު އެކީ އެއްއަޑަކަށް ގޮވާލަމުން ދަނީ ރައީސް ނަޝީދު އިސްތިއުފާ ދިނުމަށާއި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް
މުޒާހަރާ މިހާރު އޮތީ މާވެޔޮ މަގުގައި. ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލަމުން ކުރިޔަށްނީ. ވަރަށް ގިނަ ބަޔަކު މުޒާހަރާގައި ހިމެނޭ. މުޒާހަރާ ލީޑު ކުރަމުން ދަނީ އިލްހާމް
ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދެމުން. މުޒާހަރާގެ ބައިވެރިން ތިބީ މަސްމާރުކޭޓް ސަރަހައްދުގައި. ފުލުހުން ކެނޑި ނޭޅި އިންޒާރު ދެމުން އެބަދޭ. ފުލުހުން އިންޒާރު ދިން ނަމަވެސް އެ ސަރަހައްދު ދޫކޮށް ދިއުމުގެ ވިސްނުން މުޒާހަރާގެ ބައިވެރިން ގެންގުޅޭތަނެއް ނުފެނޭ. މުޅިތަނުގައި އެއް އަޑަކުން ގޮވަނީ ގާނޫނު އަސާސީ ހިމާޔަތްކޮށް ނެގެހެއްޓުމަށާއި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް.
މުޒާހަރާގެ ބައިވެރިންނަށް ޖުމްހޫރީ މައިދާނަށް ނުދެވުމުން އަނބުރާލުމަށްފަހު މަސް މާރުކޭޓާ ދިމާއަށް ފަހަތަށް ޖެހެމުން ދަނީ ރަޔަޓް ފުލުހުން ވެސް އެމީހުންނާ ގާތަށް ދަނީ ޖެހެމުން މުޒާހަރާގެ ބައެއް ދިމާ ދިމާއިން ހޫނުވަމުން ވެސް އެބަދޭ.
މުޒާހަރާގެ ބައިވެރިން މިރޭ ޖުމްހޫރީ މައިދާނާ ހަމައަށް ކުރިޔަށްޖެހޭނެ ކަމުގެ އިންޒާރު މުޒާހަރާގެ ސްޕޯކްސް ޕާސަން މާޒް އަހުމަދު ސަލީމް ވަނީ ދެންމެ ދެއްވާފައި.
އަބްދުﷲ އަމީން، މުޒާހަރާއި: ބޯހިޔާ ވަހި ކަމުގެ ވައުދަކީ ދުވަހަކުވެސް އަތްފޯރާ ފަށަކަށް ނާންނާނެ. ދުވަހުން ދުވަހަށް ދަނީ ރައްޔިތުން ނިކަމަތި ވަނީ. ތަކެތީގެ އަގު ދަނީ ބޮޑުވަމުން. މިއީތޯ އަޅުގަނޑުމެން ކުރި އުންމީދަކީ އެމަނިކުފާނު ވަނީ ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައި. މިއީ މަސްވެރިންނަށް ހާއްސަ ސަރަހައްދެއް. މަޝްވެރިންނަށް ދޭންޖެހޭ ސަބުސިޑީއަށް ވަނީ ހިޔާނާތްތެރިވެފައި ނަމަނަމަ މަސްވެރިން ރައީސް ނަޝީދަށް ވޯޓް ނުދޭތީ. ރައްޔިތުން އެންމެ ހިނދުކޮޅަކަށް ވެސް ހިތްވަރު ދޫކޮށް ނުލާތި
ސިފައިންނާ ފުލުހުންގެ ތެރެއިން ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންވާ ފުލުހުންނާ ސިފައިންނަށް އަޅުގަނޑުމެން ބަލާނަން.
މުޒާހަރާގައި މިވަގުތު ވާހަކަފުޅު މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު: ވަޒީފާއިން ކަނޑާލިޔަސް މައްސަލައެއް ނެތް، އަޅުގަނޑު މިމައިދާނަށް ނެރުނީ އެޑިއުކޭޝަން މިނިސްޓަރު ޝިފާ، ދެން ހުއްޓުވަން އުޅުނަކަސް އެކަމެއް ނުވާނެ. ވަޒީފާއިން ވަކި ކުރިޔަށް އަޅުގަނޑު ކުރިޔަށްދާނީ މިކަމުގައި.
އެމްޑީޕީގެ ހާއްސަ ޖަލްސާއެއް މާދަމާރޭ އާޓިފިޝަލް ބީޗްގައި ބާއްވަން އެމްޑީޕީ ހަރުގޭގައި ދެންމެ ވަނީ އިއުލާންކޮށްފައި.
އެމްޓީސީސީއާ ހަމައިގައި ތިބި މުޒާހަރާގެ ބައިވެރިން ގެންދަނީ ފުލުހުންގެ ސަފުތައް ފޫ އަޅުވާލައި އެމްއެމްއޭ ކުރިމައްޗަށް ޖެހުމަށް. ނަމަވެސް އަދި އެހިސާބަކަށް ނުދެވޭ. ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި. ރަޔަޓް ފުލުހުން ވެސް ތިބީ ތައްޔާރަށް.
އުމަރު ނަސީރު: އޭނާ ކުރިން އިޝާރާތް ކޮށްފައިވާ ހަރުގަނޑު މާދަމާރެ ބާއްވާނެ ކަމަށާއި އަދި އޭނާ އިޝާރާތް ކޮށްފައިވާ 2000 މީހުންގެ ގުރޫޕް ތައްޔާރު ކުރުމަށް މިރޭ ސޮއިކުރަން ފަށާނެ ކަމަށް. ގަރުގަނޑު ބަހައްޓާފައި އަރަން ޖެހޭ ބައިވަރު ތަންތަން އެބަހުރި. ފުލުހުންނާ އަފީފަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ގެންދަވާށޭ ވަރަށް ރީތި ޖަވާބު ދޭނަމޭ. އަޅުގަނޑު ދަންބނަވާފައި އޮންނަނީ އަޅުގަނޑަކީ ހަނު ހުންނަ މީހެއް ނޫނޭ އަނގަގަދަ މީހޭ. ފުރަތަމަ ތިކޮޅުން ޖަވާބުދޭށޭ... މުޒާހަރާގެ އެއްވެސް މީހަކަށް މުޒާހަރާގައި އަނިޔާވެއްޖިއްޔާ އަދި ހައްުޔަރުވެއްޖެނަމަ 7661004 ފޯނަށް އެސްއެމްއެމްއެސްކުރައްވާ. މިއީ އަޅުގަނޑުމެންގެ ހޮޓްލައިން.
މުޒާހާރާ ކުރިޔަށްދަނީ އަދިވެސް އެކްޓިވިސްޓުން އިސްކޮށް ތިބެގެން އެމީހުން ގޮވާލަމުން ދަނީ ސަރުކާރު އިސްތިއުފާ ދިނުމަށް. ޣައިރު ގާނޫނީ އަމަލުތައް ހުޓާލުމަށާއި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް. ޕާޓީތަކުގެ އިސްވެރިން މިރޭގެ މުޒާހަރާގެ ތެރެއަކުން އަދި ނުފެެނޭ. މިރޭގެ މުޒާހަރާގައި ބައިވެސް އަދި އެހާ ގިނައެއް ނޫން
އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ކުރިޔަށްދާއިރު އެމްޑީޕީގެ "ތިޔަހަނެއް ނުކިޔޭނެ" ކެމްޕޭން ޖަލްސާ ވެސް ކުރިޔަށް އެބަދޭ. ޖަލްސާގައި ފޮރިން މިނިސްޓަރު ނަސީމް ދެންމެ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލަައިގައި ބޭރުގެ އެއްވެސް ގައުމަކުން އެއްވެސް ކޯލެއް ކޮށްފައި ނުވާ ކަމަށް