02 Jan 2021, 16:29
ސާފުތާހިރުކަން ކުޑަވެ އައިޖީއެމްއެޗް ކެންޓީނު ބަންދުކޮށްފި އެވެ.
އެޗްޕީއޭ އިން ވަނީ އައިޖީއެމްއެޗް ގައި ހިންގާ ސަންސެޓް ހައުސް ބަންދުކޮށް ބަންދު ނޯޓިސް ތަތްކޮށްފަ އެވެ.
މިއަދު ތަތްކޮށްފައިވާ އެ ނޯޓިސްގައި ބުނީ އެތަން ބަންދުކޮށްފައިވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކުގެ ގަވައިދާ ހިލާފުވެގެން ކަމަށެވެ.
ނޯޓިސް ހިއްޕާފައި ހުންނަ މުއްދަތުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ސައި ހޮޓާ ރެސްޓޯރެންޓާއި ކެންޓީނުތައް ހިންގައިތޯ ބެލުމަށް އެޗްޕީއޭއިން ދޭތެރެ ދޭތެރެއިން އިންސްޕެކްޓްކޮށް ބަލައި ހަދަ އެވެ. އަދި ގަވާއިދަށް ނުފެތޭ ތަންތަން ބަންދުކޮށް އިސްލާހުކުރަން ފުރުސަތު ދެ އެވެ.