02 Jan 2021, 09:03
ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް މަރުވި މައްސަލާގައި އެއް މަސް ދުވަސް ވަންދެން ޖަލުގައި ހޭދަކުރި އޭނާގެ ލޯބިވެރިޔ އެކްޓަރު ރިއާ ޗަކްރަބޯޓީ މި އަހަރު އެނބުރި ފިލްމީ މަސައްކަތަށް ނުކުންނާނެ ކަމަށް ބުނެފި އެވެ.
ރިއާ އާ އެންމެ ގާތްކޮށް އުޅޭ ޑައިރެކްޓަރު ރޫމީ ޖެފްރީ ބުނީ ފިލްމީ މަސައްކަތައިގެން ރިއާ މިއަހަރު ކުރީކޮޅު ނުކުންނާނެ ކަމަށެވެ. ރޫމީ ބުނީ ދާދިފަހުން ރިއާ އާ ބައްދަލުވި ކަމަށާއި އޭނާ އިންނަނީ އަދިވެސް ނެގިމަޑުވެފައި ކަމަށެވެ. މީހުންނާ އެހާ ގިނައިން ވާހަކަނުދައްކާ އެއްކޮށް ހިމޭންވެފައި ރިއާ ހުރިއިރު އޭނާ ހަމަ އަކަށް އެޅެން ދުވަސްގަނޑެއް ނަގާނެ ކަމަށް ރޫމީ ބުންޏެވެ.
ރިއާގެ ލޯބިވެރިޔާ ސުޝާންތު މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އޭނާގެ މަރުގެ ތުހުމަތުގައި ރިއާ ޖަލަށް ލާފައިވާއިރު ސުޝާންތުގެ މަރުގެ މައްސަލައިެ ތެރެއިން އުފެދުނު ޑުރަގު މައްސަލައިގައި ރިއާގެ ބޭބެ ވެސް ވަނީ ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކޮށްފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ނުކުތް "މޭރޭ ޑޭޑް ކީ މަރޫޓީ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ރިއާ އަކީ ބޮލީވުޑްގައި މާ ކާމިޔާބު ބަތަލާއެއް ނޫނެނެވެ.