01 Jan 2021, 22:07
ކޮވިޑް-19 އަށް މިއަދު ރާއްޖެއިން އިތުރު 47 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 2085 ސާމްޕަލްގެ ތެރެއިން 47 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދު ފެނުނު 47 ކޭސްގެ ތެރެއިން 25 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ދެ ކޭސް އަދި ރިސޯޓްތަކުން ތިން މީހުން ޕޮޒިޓިވްވިއެވެ. އޭގެ އިތުރުން ލިވްއަބޯޑު ތަންތަނުން 17 މީހަކު ޕޮޒިޓިވްވިއެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،804 އަށް އަރައިފައެވެ.
ކޮވިޑް ޖެހިގެން 13،150 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު ކޮވިޑް ޖެހިފައިވާ 599 މީހުން އެބަތިއްބެވެ.
ކޮވިޑް ޖެހިގެން 25 މީހަކަށް މިހާރުވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން 48 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.