31 Dec 2020, 22:23
މިއަދު ރާއްޖެއިން ކޮވިޑް-19އަށް 19 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް-19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހުން ޕޮޒިޓިވްވީ މާލެއިންނެވެ. ބާކީ 5 މީހުން ޕޮޒިޓިވްވީ އަތޮޅުތެރޭގެ ރަށްރަށުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،757 އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 16 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 13،141 އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 551 އެވެ. އޭގެ ތެރެއިން 27 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 48 އެވެ.