މީލާދީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ބީޗާ ގުޅިފައިވާ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އާ އަހަރު ފެށުން ފާހަގަކުރުމަށް މާދަމާ ހަވީރު 16:00އިން 20:00 އަށް ހުޅުމާލެ އިރުމަތީ ފަރާތު ބީޗް ސަރަހައްދާއި ގުޅިފައިވާ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އާ އަހަރު ފެށުމާ ދިމާކޮށް މާދަމާ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް މުޅި މާލެ އާއި ވިލިމާލޭގައިވެސް ފައިމަގުގައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލިން ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން މާދަމާ ހަވީރު 16:00އިން 20:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ.