މިދިޔަ އަަހަރު ނުކުތް ފިލްމު “ސްޓޫޑަންޓް އޮފް ދަ އިޔާ 2” އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އަނަންޔާ ޕާންޑޭ އާއި ފިލްމު "ދަޅަކް" ބޮލީވުޑަށް ތައާރަފްވި އިޝާން ކައްތުރާ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ބަތަލާ އަނަންޔާ އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ޝިޔާމު އިރު ވެލި ރިސޯޓުގެ ހިތްގައިމު މާހައުލުގައެވެ. ރާއްޖެ އަކީ ދުނިޔެމަތީ ސުވަރުގެ ކަމަށް ސިފަކުރަމުން އަނަންޔާ ބުނީ ރާއްޖެ އަކީ ވަރަށް ހިތްގައިމު މާހައުލެއް ކަމަށެވެ.

ދެތަރިން ވެސް ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމް ގައި ހިއްސާކޮށްފައިވާއިރު ދެތަރިންވެސް ރާއްޖެ އައީ އާ އަހަރު ފާހަގަކުރުމަށެވެ. މި ދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބޭރުގެ ޚަބަރުތައް ބުނެއެވެ.

ދާދިފަހުން ނެރުނު ފިލްމު "ކާލީ ޕީލީ"އިން ދެތަރިން އެއްކޮށް ފެނިގެންދިޔައިރު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެކަކުވެސް ޔަގީނެއް ނުކޮށްދެއެވެ.