26 Jan 2012, 18:08
މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމުގައި ދެ ވަނަ ފުރުސަތުގެ ދަށުން މުޖުތަމައުއަށް ދޫކޮށްފައިވާ ގައިދީން ބައިވެރިވަމުން ދާތީ އެފަދަ ކުށްވެރިން އަނެއްކާ ވެސް ޖަލަށްދާން ޖެހިދާނެ ކަމުގެ އިންޒާރު ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ޑިރެކްޓާ މުހައްމަދު ނައީމް ދެއްވައިފި އެވެ.
ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ދަށުން މާލެ އަށް ދޫކޮށްފައިވާ ގައިދީންނަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނަސޭހަތްދިނު ބައްދަލުވުމަށް ވާހަކަފުޅު ދައްކަވަމުން މޮނާޒާ ވިދާޅުވީ މާލެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ބައިވެރިން މަދުންނަވެސް ހަރަކާތްރިވާ ކަމަށެވެ. އަދި އެފަދަ އަމަލްތައް ކުރުމަކީ ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ އޮފީހާއި ގައިދީންނާ ދެމެދު ވެފައިވާ އެއްބަސްވުމާއި ހިލާފުވާ ކަމަކަށް ވާތީ، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ.
ދެވަނަ ފުރުސަތުގެ އޮފީހުން ބުނީ ގައިދީންނަށް އަމާޒުކޮށްގެން ބާއްވާ ނަސޭހަތް ދިނުމުގެ ސެޝަންތަކަށް ވެސް ހާޒިރު ވަނީ ދެވަނަ ފުރުސަތުގެ މަދު ގައިދީންތަކެއް ކަމަށެވެ.