30 Dec 2020, 21:07
އާ އަަހަރާ ދިމާކޮށް، ރާއްޖޭގެ 43 ރިސޯޓެއްގައި ހަވާ އަރުވާގޮތަށް ހަމަޖެހިއްޖެ އެވެ.
ހަވާ އެރުވުމުގެ ކަންކަން ކުރިއަށް ދަނީ، އެމްއެންޑީއެފްގެ "ސިފްކޯ" އިން ވިޔަފާރި އުސޫލުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ، މިހާތަނަށް 43 ރިސޯޓަކުން ހަވާ އެރުވުމަށް ބުކިންގް ހަދާފައިވާ ކަމަށެއެވެ.
އާޒިމް ވިދާޅުވީ، މާލެ އަދި މީހުން ދިރިއުޅޭ އެހެން ރަށެއްގައިވެސް ހަވާ އެރުވުމަށް ބުކިން އަދި މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ.
އާ އަހަރާ ދިމާކޮށް، ރާއްޖޭގައި އުފާ ފާޅުކޮށް ޝޯތަކާއި ހަވާއެރުވުމަކީ އާންމުކަމެކެވެ.
މާލެ ސިޓީން ވަނީ ޖެނުއަރީ އެއްވަނަ ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައެވެ.
ޖުމްލަ 43 ރިސޯޓަކުން ހަވާއެރުވުމަށް ބުކިންގް ހަދާފައިވާއިރު، މިވަގުތު އޮޕަރޭޭޝަންގައި 141 ރިސޯޓު އެބަ ހުއްޓެވެ.