ވާ ވޯނާ ބްރޮސްގެ ޑީސީ ކޮމިކް ފިލްމު "ވޮންޑަ ވުމަން"ގެ ތިން ވަނަ ބައެއްވެސް އަންނާނެކަން އިއުލާންކޮށްފިއެވެ.

ވޮންޑަ ވުމަންގެ ކާމިޔާބު ދެ ބައެއް މިހާތަނަށް ގެނެސްދީފައިވާއިރު ފިލްމު ދަންމާލަން ގަސްތުކޮށް އިއުލާންކުރަމުން ވޯނާ ބްރަދާޒް ބުނީ އެ ކެރެކްޓާ އާންމުން ބަލައިގެންފި ކަމަށާއި އެދެ ފިލްމުވެސް އާންމުންނަށް ވަރަށް ކަމުގޮއްސި ކަމަށެވެ. އެހެންކަމުން ފިލްމުގެ ތިން ވަނަ ބައެއްވެސް ގެނެސްދިނުމަށް ނިންމާފައިވާކަމަށެވެ.

ވޮންޑަ ވުމަން" ގެރޯލު ކުޅެނީ ބަތަލާ ގަލް ގެޑޯއެވެ. މީގެ ދެވަނަ ފިލްމު "ވޮންޑަ ވުމަން 1984" މި މަހު 25 ވަނަ ދުވަހު ނެރުނުއިރު ފިލްމުގެ ފުރަތަމަ ބައެއް ގެނެސްދިނީ 2017 ވަނަ އަހަރުއެވެ. މި ފިލްމުގެ ތިން ވަނަ ބައި ރިލީޒްކުރާނީ 2023 ގައެވެ.