29 Dec 2020, 22:02
މާލެ ސަރަހައްދުން 20 މީހުންނާއެކު މިއަދު ރާއްޖެއިން 31 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 31 މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންގެ އިތުރުން މީހުން އުޅޭ ރަށްރަށުން ޕޮޒިޓިވްވި ހަތަރު މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި ފަސް މީހެއް އަދި ލިވަބޯޑު ތަކުން ޕޮޒިޓިވްވި ދެ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ ވަނީ 13،691 އަށް އަރައިފައެވެ.
މިވަގުތު ބަލި ޖެހިފައިވާ 29 މީހަކު ހޮސްޕިޓަލުގައި ތިބިއިރު ބައްޔަށް ފަރުވާ ހޯދަމުންދާ 527 މީހަކު އެބަތިއްބެވެ.
މިހާތަނަށް 13،109 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭ 108 މީހަކު ބަލިން ރަނގަޅުވެފައެވެ.
ކޮވިޑު ޖެހިގެން ރާއްޖޭގައި 48 މީހަކު ވަނީ މަރުވެފައެވެ.