ތާޖު އެގްޒޯޓިކާ ރިސޯޓުގެ އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ބުނީ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ޕަވާ ހައުސް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 20:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ ޓީމުން އެ ރިސޯޓަށް ދިޔައިރު، އެ ރިސޯޓުގެ ފަޔާ ޓީމުން އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު އަދި ލިބިފައި ނުވާ ކަމަށާއި އެމްއެންޑީއެފްގެ ފަޔާ ޓީމުން އެ ރިސޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.