29 Dec 2020, 19:19
ރިޓަޔާ ކުުރުމަށްފަހު ކޮންމެ އަހަރެއްގެވެސް އެއްބައި އުފަން ރަށް ޅ. ހިންނަވަރުގައި ހޭދަކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލެއްގައި ބުނީ އަތޮޅު ތެރެއިން މާލެ ބަދަލުވުމަށްފަހު ރަށުގެ ރައްޓެހިންނާ އާއިލާއާ ގުޅުން ކެނޑިގެންދާކަމަށެެވެ. އަދި ރައީސް ސޯލިހް ރަށަށް ޗުއްޓީއަށް ވަޑައިގަންނަވާތޯވެސް ވަނީ އަހައިފައެވެ.
ރައީސް ސޯލިހް މާލެ ބަދަލުވެލެއްވީ އުމުރުން 10 އަހަރުގައެވެ. މާލެ ބަދަލުވެލެެއްވީ އޭރު ހިންނަވަރުން އެކަށީގެންވާ ތައުލީމު ލިބެން ނެތުމާއެކު އެމަނިކުފާނުގެ ބައްޕަގެ ނިންމުމާ ގުޅިގެންނެވެ.
" އަޅުގަނޑާ އަބަދުވެސް އޮވޭ އާއިލާއާ ރަށުގައި ތިބި ރައްޓެހިންނާ ގުޅުން. އަދި ކުރީގައި މަދުވެގެން އަހަރަކު ދެ ފަހަރު ތިންފަހަރު ރަށަށް ދެވޭ. އަޅުގަނޑުގެ ވިސްނުމެއް، އަބަދުވެސް ހިތުގައި އަބަދުވެސް އޮންނަކަމެއް، އަޅުގަނޑު ރިޓަޔާކުރާދުވަހު، ރިޓަޔާމަންޓަށް ދާނެ ކޮންމެ މީހަކުވެސް، އެހިސާބުން އަޅުގަނޑުގެ ކޮންމެވެސް ދުވަސްވަރެއް ރަށުގައި ހޭދަކުރާނަން،" ރައީސް ވިދާާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ގޯއްޗެއް މިހާރުވެސް ހިންނަވަރުގައި އޮންނަ ކަަމަށާއި ނަމަވެސް ގެ އަދި ނުހެދޭ ކަމަށެވެ. އަދި ރިޓަޔާމަންޓަށް ދާންވާއިރަށް އެގެވެސް ކޮންމެވެސް ވަރަަކަށް ހައްދަވާނެކަމަށް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ހިންނަވަރުގައި ހޭދަކުރެއްވި ދުވަސްތަަކަކީ މުޅި ހަޔާތުގައިވެސް ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްތައް ކަމަށެެވެ.