29 Dec 2020, 14:24
ހަމައެކަނި އެކި ޓުވީޓުތަކުން ހަބަރު ހެދުމުގެ ބަދަލުގައި އިތުރު މައުލޫމާތު ހޯދައިގެން ހަބަރު ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފި އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ރައީސް ވިދާޅުވީ މިހާރު ބޮޑަށް ފެންނެނީ ސޯޝަލް މީޑިއާގައި މީހަކު ކޮށްލާ ޓުވީޓަކުން ހަބަރު ހަދަމުންދާތަން ކަމަށެވެ.
"އެއަށް ވުރެ ތަފްސީލްކޮށް ޑީޓެއިލަށް ވަޑައިގަންނަވާށޭ. " ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަސް ވިދާޅުވީ އާ ޓެކްނޮލޮޖީތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އަންނަމުންދިޔަ ނަމަވެސް ޜޭޑިއޯއަކީ ނެތިގެންދާނެ އެއްޗެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އަޑުގެ ޕްރޮގްރާމްތައް އިތުރަށް މުއްސަނދިކޮށް ކުރިއަށް ގެންދަން ރައީސް އިލްތިމާސްކުރެއްވި އެވެ.
"ތިޔަބޭފުޅުންގެ ޕްރޮގްރާމުން އަޑުއަހާ މީހުންނަށް ލިބޭ މައުލޫމާތު ވަރަށް ތަފާތުވާނެ. ޑީޓެެއިލަށް މާބޮޑަށް ދެވޭނެ. ޓީވީއެއްގަ ވެއްޖިއްޔާ މީހާގެ ފޯކަސް ހުންނާނެ އޭގައި ހުންނަ ލައިޓާ އޭގައި ހުންނަ މީހާޔާ. އެއާ ހިލާފަށް އަޑުގަ އަންނާނީ ހަމައެކަނި އެއަންނަ ވޮއިސް އެކަނި. އޭގެން އެ ބުނާ އެއްޗެއް އެކަނި އިވޭނީ. ވީހާޥެސް ބޮޑަށް އެއަށް ސަމާލުވެ މައުލޫމާތުތައް ހޯއްދަވައިގެންް ހަބަރުތައް ހައްދަވާށޭ." ރައީސް ވިދާޅުވި އެވެ.