ކޮވިޑް 19 އަށް ރާއްޖެއިން މިއަދު އިތުރު 16 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 2340 ސާމްޕަލްގެ ތެރެއިން 16 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު ފެނުނު 16 ކޭސްގެ ތެރެއިން 11 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި އެއް ކޭސް އަތޮޅުތަކުން އަދި ރިސޯޓުން ހަތަރު ކޭސް ފޭނިފައިވެއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،660 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން 13،082 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު ކޮވިޑް ޖެހިފައިވާ 523 މީހުން އެބަތިއްބެވެ.

ކޮވިޑް ޖެހިގެން 35 ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 48 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ.