މިދިޔަ މަހު ޝޫޓިން ފެށި ފިލްމު "ޕަތާން"ގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ނިންމާލައިފި އެވެ.

ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ކުރިއަށް ގެންދިޔައީ މުމްބާއީގަ އެވެ. ދެތަރިންގެ އިތުރުން މިފަހަރު ޝެޑިއުލްގެ ޝޫޓިންގައި ޑިމްޕަލް ކަޕާޑިއާ ވެސް ބައިވެރިވި އެވެ.

އަންނަ މަހު ޕަތާންގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ޔޫއޭއީގައި ފަށާއިރު މިފަހަރު ކާސްޓާ ޖޯން އަބްރަހަމް ގުޅޭނެ އެވެ. ޔަޝް ރާޖް ފިލްމްސްގެ ޕްރޮޑަކްޝަންގެ ދަށުން މި ފިލްމު ގެނެސްދޭއިރު މި ފިލްމަކީ "ވޯ" ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

ޕަތާންގެ ބޮޑުބައެއް އިނގިރޭސިވިލާތުގައިނަގަންވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯންމަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

ޕަތާން އަކީ ދީޕިކާ އާއި ޝާހްރުކް އެކުގައި ކުޅޭ ހަތަރު ވަނަ ފިލްމެވެ.