28 Dec 2020, 13:42
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ އިތުރު ފުރުސަތެއް ހުޅުވާލުމުގެ އަމުރަކަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އިންތިހާބާ ގުޅޭ ހާއްސަ ގާނޫނުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރި ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ، އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، ހައެއް މާޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އާންމުކޮށްފައިވާ ކެންޑިޑޭޓުން ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހު ހައިކޯޓަށް މައްސަލަ ހުށަހެޅީ އިންތިހާބަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދިނުމުގެ އިތުރުން އެ މާއްދާ ބާތިލްކޮށްދިނުމަށް އެދި އެވެ. އެ މައްސަލަ ވަނީ ހައިކޯޓަށް ބަލައިގެންފަ އެވެ.
އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ދީފައި ނެތް ނަމަވެސް، އިންތިހާބުގައި ކުރިމަތިލީ ފަރާތްތަކަށް ނަން ނެގުމުގެ ފުރުސަތު ލިބިދީފައިވެ އެވެ.
އެކަމަކު އިންތިހާބުން ނަން ނެގުމުގެ ފުރުސަތު ދީފައިވެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވީއިރު އެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،300 އަށްވުރެ ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.
މިހާތަނަށް އިންތިހާބަށް ކުރިމަތިލީ 100 އަށްވުރެ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އިންތިހާބު ބާއްވަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް، އިންތިހާބު ބޭއްވުމަކީ ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ކަނޑައެޅުމުންނެވެ.