28 Dec 2020, 13:32
ކޮންމެ މަހަކުވެސް ބިލުތައް އަންނަނީ ފުލުފުލުގަ އެވެ. އެއް ބިލު ދައްކައި ނިމޭއިރު އަނެއް ބިލު އޮންނަނީ ތައްޔާރުވެފަ އެވެ. މިކަމާހުރެ ބިލަށް ފައިސާ ދެއްކުން "މާދަމާ" އަށް ފަސްކުރެވޭ ފަހަރުފަހަރުވެސް މަދެއް ނޫނެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު މިހާރު ފޯނުން ބިލު ދެއްކުނު ނަމަވެސް، އެކި ހިދުމަތްތަކަށް ބޭނުންކުރަނީ އެކި އެޕްލިކޭޝަންތަކެވެ. މި އެޕްލިކޭޝަންތަކުން ބިލު ދައްކާއިރު ކޮންމެ އެޕްލިކޭޝަނެއްގައި ވަކިވަކިން ކާޑުގެ މައުލޫމާތު ޖަހައި، ފޯނަށް އަންނަ އޯޓީޕީ ކޯޑަކަށް އިންތިޒާރު ކުރަން ޖެހެ އެވެ.
ފަހިޕޭ މެދުވެރިކޮށް މި ހުރިހާ ބިލެއްވެސް އެއް އެޕްލިކޭޝަނަކުން ދައްކާލެވެ އެވެ. މީގެ އިތުރަށް ފަހިޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭ އެންމެ ބޮޑު އެއް ލުޔަކީ ކޮންމެ މަހަކުވެސް ޕޭމަންޓް ޝެޑިއުލްކޮށްލެވުމުގެ ފުރުސަތެވެ.
ޕޭމަންޓް ޝެޑިއުލްކޮށްލުމުން ލިބޭ ފަސޭހައަކީ ކަސްޓަމަރު އިހްތިޔާރުކުރާ ތާރީހެއްގައި ކޮންމެ މަހަކުވެސް އޮޓަމެޓިކުން ބިލަށް ފައިސާ ދައްކާލެވުމެވެ. މިކަން ކުރުމަށްޓަކައި ފަހިޕޭގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ބިލުތައް ދައްކަން ބޭނުންކުރާ ތާރީހު ހިޔާރުކުރުމުން ކޮންމެ މަހަކުވެސް އެ ތާރީހުގައި ފަހިޕޭ އެކައުންޓުން ބިލަށް ފައިސާ ކަނޑާނެ އެވެ.
މީގެ ތިން އަހަރުކުރިން ވުޖޫދުވި ފަހިޕޭއަކީ މިހާރު ދިވެހިން ވަރަށް ފަރިތަ އެޕްލިކޭޝަނެކެވެ. ދިވެހި ބަހުން ވެސް ބޭނުންކުރެވޭ މި އެޕްލިކޭޝަނުން ފައިސާ ދެއްކޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
ދިރާގު (ރީލޯޑް، ޕެކޭޖް ރީޗާޖް، ބިލް ޕޭމަންޓް، ދިރާގު ޕޭއަށް ފައިސާ ޖަމާކުރުން)
- އުރީދޫ (ރާސްޓަސް، ޕެކޭޖް ރީޗާޖް، ބިލް ޕޭމަންޓް، އެމްފައިސާއަށް ފައިސާ ޖަމާކުރުން)
- ފެން ބިލާއި ކަރަންޓު ބިލު
- ގިފްޓް ކާޑު (އައިޓިއުންސް، ޕްލޭސްޓޯ، ޕްލޭސްޓޭޝަން، ނެޓްފްލިކްސް)
- މޯލްޑިވް ގޭސް
- މީޑިއާނެޓް
- ޕަބްޖީ ޔޫސީ
ކަސްޓަމަރުންނަށް ދިމާވެދާނެ މައްސަލައަކަށް ވީ އެންމެ އަވަހަށް ހައްލު ހޯދައިދިނުމަށްޓަކައި ފަހިޕޭގެ ޓީމުން އަބަދުވެސް އޮންނަނީ ތައްޔާރަށެވެ. މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި ފަހިޕޭ އެޕްލިކޭޝަންގައި ލައިވް ޗެޓްގެ ހިދުމަތްވެސް ހިމަނާފައިވެ އެވެ. މިއީ 24 ގަޑިއިރުވެސް ބޭނުންކުރެވޭ ހިދުމަތެކެވެ.
ފަހިޕޭ މެދުވެރިކޮށް ބިލު ދައްކާއިރު ކަސްޓަމަރުން އަތުން އިތުރު ފީއެއް މި އެޕްލިކޭޝަނުން ނުނަގަ އެވެ. ބިލަށް ފައިސާ ދައްކާއިރު ކަނޑާނީ ބިލުގައި ބުނެފައިވާ އަދަދެވެ.
މީގެ އިތުރުން ފަހިޕޭ ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް، އެކަކު އަނެކަކަށް ފަހިޕޭ ކްރެޑިޓް ޓްރާންސްފާވެސް ކުރެވޭނެ އެވެ. މިކަމަށް ވެސް އިތުރު ޗާޖެއް ނުނަގަ އެވެ.
ފަހިޕޭ އެޕްލިކޭޝަން އެޕަލްއެޕްސްޓޯއާއި ގޫގްލްޕްލޭސްޓޯއިންވެސް ޑައުންލޯޑު ކުރެވޭނެ އެވެ. އަދި މި އެޕްލިކޭޝަނާ ގުޅޭ އިތުރު މައުލޫމާތު "ފަހިޕޭ"ގެ ލޭންޑް ނަމްބަރު 4007004 ގުޅާލުމުން ލިބޭނެ އެވެ.