28 Dec 2020, 12:04
ބީއެމްއެލްއިން އަމިއްލަ ފަރުދުންނަށް ދޭ ބައެއް ހިދުމަތްތައް އެކައުންޓް އޯޕަނިން ސެންޓަރުން ލިބޭ ގޮތަށް ބަދަލުކުރަން ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ މެއިން ބްރާންޗުގެ ދެވަނަ ފަންގިފިލާއިން ދެމުންދިޔަ ބައެއް ހިދުމަތްތައް އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ލިބޭނީ މާލޭ ސްކޮޔާގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެ ބޭންކުގެ އެކައުންޓް އޯޕަނިން ސެންޓަރުން ކަމަށެވެ.
އެގޮތުން އެކައުންޓް އޯޕަނިން ސެންޓަރުން ލިބޭ ގޮތަށް ބަދަލުކުރާ ހިދުމަތްތަކަކީ؛
ކާޑަށް އެދި ހުށަހެޅުން
- އިންޓަނެޓް ބޭންކިންއަށް އެދި ހުށަހެޅުން
- އެކައުންޓް އެކްޓިވޭޓް ކުރުން
- މައުލޫމާތު ފޯމު ހުށަހެޅުން
- ރިފަރެންސް ލެޓާ ދޫކުރުން
- ބެލެންސް ކޮންފަމޭޝަން ލެޓާ ދޫކުރުން
- ސްޓޭންޑިން އޯޑާއަށް އެދި ހުށަހެޅުން
ބީއެމްއެލްއިން ބުނީ މި ހިދުމަތްތައް ހޯދުމަށްޓަކައި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ނަންބަރެއް ނަގަންވާނެ ކަމަށެވެ.