މި އުމުރު ފުރައިގައި ހަމުގެ ކުލަ ބަދަލުވާކަން ފާހަގަ ވާން ފަށައެވެ. މީ ހަމުގެ މަތީ ފަށަލަ (އެޕިޑަރމިސް) ހިކޭތީ އާއި ބޯވާތީ ދިމާވާ މައްސަލައެކެވެ. އެންމެ މުހިއްމު ކަމަކަށް މި އުމުރުގައި ވިސްނަން ޖެހެނީ ލޯކައިރީގައި ރޫޖެހުމުގެ އިތުރުން ހަން ޑްރައި ވުމުގެ މައްސަލައަށެވެ.

• ރޫޖެހުން
ރީތި ވާން ބޭނުންކުރާ ސާމާނު (ފޭސް ވޮޝް، ޓޯނަރ މޮއިސްޗަރައިޒަރ ގެ އިތުރުން މޭކަޕާއި ބޭނުން ކުރާ ލޯޝަން އަދި ބޮޑީ ވޮޝް) އަކީ "އެންޓި-އޭޖިން" މާއްދާ ހިމެނޭ އެއްޗެއްސަށް ބަދަލު ކުރުން ރަނގަޅު ވާނެ އެވެ. ވިޓަމިން ސީ ހިމެނޭ ސީރަމް އެއް ނުވަތަ މޮއިސްޗަރައިޒަރެއް ވެސް ބޭނުން ކުރާށެވެ. ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓެއްގެ އިތުރުން ހަންގަޑު ހަލާކުވުމުން ދިފާއު ކޮށްދޭ އެއްޗެކެވެ.

ލޯ ކައިރީ ގައި ރޫޖެހެން ފެށުމުން ވެސް ވިޓަމިން ސީ ބޭނުން ކުރާށެވެ. މި ރޫޖެހުމަށް "ކްރޯސް ފީޓް" ކިޔައެވެ. އަދި ސަން ޕްރޮޓެކްޝަނެއް ވެސް ލޯ ކައިރީ ބޭނުން ކުރުމުގެ އިތުރުން އަވިން ބޮޑަށް ލޯ ރައްކާ ކުރުމަށް އަވި އައިނު އަޅައިގެން އައްވަށް ނުކުންނާށެވެ.

• އޭޖް ސްޕޮޓް
އުމުރުން ދުވަސް ވާ ވަރަކަށް އޭޖް ސްޕޮޓް (ހަމުގައި ދުވަސް ވުމުން ޖަހާ ލަށް) އިތުރުވެގެން ދެއެވެ. މިކަމަށް ފަރުވާތެރި ވުމުގެ ގޮތުން ސަން ޕްރޮޓެކްޝަނެއް ގަވައިދުން ބޭނުންކުރަން ވާނެއެވެ. މޮއިސްޗަރައިޒަރ ގައި "ގްލޫކޯސަމައިން" މާއްދާ ހިމެނޭތޯ ބަލާށެވެ. މި މާއްދާ ގެ ސަބަބުން ބްރައުން މެލަނިން އުފެދުން މަދުކޮށްދެ އެވެ. އޭޖް ސްޕޮޓް އުފެދެނީ މި މެލަނިން ގެ ސަބަބުން ނެވެ. މީގެ އިތުރުން ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި "ގްލޫކޯސަމައިން" މާއްދާ ގެ ސަބަބުން ހަމުގެ ކުލަ އެއްވަރުވެ ރީތިވެ ހައިޕަރ ޕިގްމަންޓޭޝަން އިން ވެސް ހަން ސަލާމަތް ކޮށްދެ އެވެ.

• މޮއިސްޗަރައިޒް ކުރުމާއި ފްރީ ރެޑިކަލްސް އަށް ފަރުވާތެރިވުން
ދުވަސްވާ ވަރަކަށް ހަންގަނޑު ބޮޑަށް ޑްރައިވާން ދިމާވެއެވެ. އެހެން ކަމުން މިކަމަށް ފަރުވާ އަކަށް ދުވާލަކު މަދުވެގެން 10 ތަށި ފެން ބޯން އާދަކުރާށެވެ. ގިނައިން ތަރުކާރީ އާއި މޭވާ ވެސް ކާން ވާނެއެވެ. އެންޓިއޮކްސިޑެންޓް މާއްދާ ހިމެނޭ މޮއިސްޗަރައިޒަރެއް ދުވާލާއި ރޭގަނޑު ހާކަން ވެސް އާދަކުރާށެވެ. އޭރުން ހަން މޮއިސްޗަރައިޒް ކޮށްދީ އަދި ފްރީ ރެޑިކަލްސް އިން ސަލާމަތް ކޮށްދޭނެއެވެ. (ފްރީ ރެޑިކަލްސް އަކީ ހަމުގެ ޓިޝޫހަލާކު ވުމާއި، ދުވަސް ވުމަށް ކިޔާ ޓެކްނިކަލް ނަމެކެވެ.)

• ބޭނުން ކުރެވިދާނެ ފޭޝަލް މާސްކެއް
ބޭނުންވާ ތަކެތި:
1 ބިހުގެ ލޮނދި
1 ސައިސަމުސާ މާމުއި
1 ސައިސަމުސާ ޔޯގަޓް
1 ސައިސަމުސާ ހަކުރު

ހަދާނެ ގޮތް:
މިކްސްޗަރަކަށް ހުރިހާ އެއްޗެހި އަޅައި ރަނގަޅަށް ބްލެންޑް ކޮށްލައްވާށެވެ. ހެދުނު މާސްކް މޫނުގައި ހޭކުމަށް ފަހު 25 މިނިޓް ބަހައްޓާށެވެ. ތާފަނާ ފެނުން މޫނު ފުރަތަމަ ދޮވުމަށް ފަހު ފިނި ފެނުން ދޮވެލާށެވެ.

މި މާސްކަކީ 30 އަހަރާއި 40 އަހަރުގެ އުމުރު ފުރާގައި ހަމަށް ދިމާވާ އެކި އެކި ހަމުގެ މައްސަލަތަކަށް ވަރަށް ބޮޑު ފަރުވާއެކެވެ. ހަފްތާއަކު އެއްފަހަރު މި މާސްކް ބޭނުން ކުރަން އާދަކުރާށެވެ. ފުރަތަމަ ބޭނުން ކުރުމުން ވެސް މި މާސްކް އިން ހަމަށް އަންނަ ބަދަލު ފާހަގަ ވެގެން ދެއެވެ.