ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ކުރިއަށް އޮތް ފިލްމުގައި ފެނިގެންދާނީ އަންޑަކަވާ އެޖެންޓެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކްޝަން ތްރިލާ ޖޯންރާއަށް އުފައްދާ މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއްނުވެއެވެ. ރިބޫ ދަސްގުޕްތާ ގެނެސްދޭ މި ފިލްމަކީ އިންޑިއާ-ޕާކިސްތާން ބެކްޑްރޮޕްގައި ނަގާ ފިލްމެކެވެ. ސިއްރު އޮޕަރޭޝަނެއްގެ ލީޑު އޮފިސަރުގެ ރޯލުން ޕަރިނީތީ ފެނިގެންދާއިރު މި ފިލްމަކީ ރިވެންޖް ސްޓޯރީއެކެވެ.

ރިލައެންސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ އެ ފިލްމުގެ ޝޫޓިން އަންނަ މާޗު މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ބަތަލާ ޕަރިނީތީ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުންނެވެ. އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.