27 Dec 2020, 19:07
ގއ. ވިލިނގިއްޔަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފި އެވެ.
މިއަދު މެންދުރުފަހު އެމަނިކުފާނު މާލެއިން ފުރާވަޑައިގެންފައިވާއިރު އެ ރަސްމީ ދަތުރުފުޅުގައި މިރޭ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިންނަވާނެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުގައި، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ވިލިގިނލީގައި މިރޭ ބާއްވާ ރަސްމިއްޔާތު ޝަރަރުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެއިތުރުން އެ ދަތުރުފުޅުގައި ވިލިނގިލީގެ ޑްރަގް ސެންޓަރު ހުޅުވައިދެއްވުމާއި ނެއިބަހުޑް ޕޮލިސް އިފްތިތާހުކޮށްދެއްވުމުގެ މަސައްކަތްވެސް ނައިބު ރައީސް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ވިލިނގިލީ ކައުންސިލާއި އަތޮޅު ކައުންސިލާ، ނައިބު ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.