27 Dec 2020, 14:35
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމެންޓުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ދަތްތަށް ފުރިހަމަ ސިއްޙަތެއްގައި ދެމެހެއްޓުމައްޓަކައި ބަލި ދެނެގަނެ، ފުޅާ ދާއިރާއެއްގައި އެންމެ ޒަމާނީ ވަސީލަތްތަށް ބޭނުންކޮށްގެން ދަތުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ބައެއް ޑެންޓަލް ހިދުމަތްތައް:
1. ޕެރިއޯ ޑޭންޓިކްސް (ދަތް ފަޅާފައިވާ ކަށިގަނޑާއި ހިރުގަނޑުގެ ފަރުވާ)
ހިރުގަނޑު ކަހާލުން
- އެކްސިޝަނަލް ނިއު އެޓޭޗްމަންޓު ޕްރޮސީޖާ
- ހިރުގަނޑުގެ އޮޕަރޭޝަން
- ކަށި އިންދުން
- ހިރުގަނޑު ރަނގަޅު ކުރުމާއި ހިނިތުންވުން ރީތި ކުރުން
- ދަތް ސާފު ކުރުމާއި ދަތުގެ ބުޑު ރަނގަޅު ކުރުން.

ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ހިދުމަތް ދޭ ކޮޓަރިއެއް -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް
2. ޕިޑޮ ޑޮންޓިކްސް: (ކުޑަކުދިންގެ ދަތްތަކުގެ ފަރުވާ)
ދަތުގެ މަދަށްޖެހޭ ބަލިތަކުގެ ފަރުވާ
- ދަތްތައް ސަލާމަތުން ބެހެއްޓުމަށާއި ރަނގަޅު ކުރުމުގެ ފަރުވާ
- ދަތް އުފުރުން.
3. އެންޑޯ ޑޮންޓިކްސް (ދަތުގެ މަދަށްޖެހޭ ބަލިތަކުގެ ފަރުވާ)
ރޫޓް ކެނޭލް ހެދުން ނުވަތަ ދަތުގެ ބުޑު ހަލާކު ވުމުން ރަނގަޅުކުރުން.

ޓްރީޓޮޕް ހޮސްޕިޓަލުން ޑެންޓަލް ހިދުމަތެއް ދެނީ -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް
4. ރެސްޓްރޭޓިވް ޑެންޓިސްޓްރީ
ދަތްތައް ސަލާމަތްކުރުން
- ވަގުތީ އަދި ދާއިމީ ފުޓުނި އެޅުން
- ދަތް ސާފުކުރުން
- ހިނިތުންވުން ރީތި ކުރުން
5. އަނގައިގެ ބަލިތަކުގެ ފަރުވާ
ކެންސަރަށް ވާރުތަކޮށްފާނެ ކަންކަން ދެނެގަތުން
- އަނގައިގެ ކެންސަރު ދެނެގަތުން
6. އަނގައިގެ އޮޕަރޭޝަންތައް
ދަތް އުފުރުން (ވަރަށް އުނދަގުލުން އުފުރޭ ދަތްވެސް ހިމެނޭ ގޮތަށް)
- ކަނުދަތް (ވިޒްޑަމް ޓޫތު) އުފުރުން

ޓްރީޓޮޕް ހޮސްޕިޓަލުން ޑެންޓަލް ހިދުމަތެއް ދެނީ -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމެންޓުންދޭ އިތުރު ޙިދުމަތްތަކުގެ ތެރޭގައި އެކްސްރޭ ނެގުމުގައި ރޭޑިއޭޝަންގެ އަސަރު ކުޑަކޮށް، ފިލްމް ސާފުކުރުމަށް މަޑުކުރަން ނުޖެހޭނެހެން ޑިޖިޓަލް އެކްސްރޭ ނެގުމާއި ތްރީ ޑީ ފޮޓޯނެގުން (އިމޭޖްކުރުން) ފަދަ ޙިދުމަތްތައް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދަތުގެ ފަރުވާއަށް ހާއްސަ ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ފަރާތްތަކުން 3351610އަށް ގުޅުމުން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.