މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓު)، މ. ސިމްވިލާ ނިޔާވެއްޖެއެެވެ.

ޖުމްހޫރީ ޕާޓީގައި ވެސް އިސް ދައުރެއް އަދާކުރެއްވި ލަކުޑި ސޭޓަކީ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.

އޭނާ އަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ ބޭފުޅެއްވެސް މެއެވެ.

އުމުރުން 65 އަހަރުގައި ލަކުޑި ސޭޓު މިއަދު ހެނދުނު ނިޔާވިއިރު، އަނތްބަކާއި ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.

އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ އަސަުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.