މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމާއި، ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް މިރޭ ދެއްވައިފި އެވެ.

އެ އިނާމުތައް ދީފައިވަނީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މި އަހަރު 20 ބޭފުޅަކަށް ލިބިވަޑައިގަތެވެ. އެ ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާޢްސަ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ އެނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.

އެގޮތުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ ޑރ. ނައުޝާދު މުހައްމަދު، މއ. އަމީނީވިލާ އެވެ.

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:

މާސްޓާޒް ޑިގްރީ

  • މަރްޔަމް އަނާ ހަސަން، މއ. ހުދުއާނު

  • އަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
  • މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
  • އުޒްމާ އަބްދުއްލަތީފް، މ. ކޮކާވިލާ
  • އަހްމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
  • މަރްޔަމް ނަޒާހާ، މ. ލުނާވަ
  • މަރްޔަމް މޫނިސާ ހުސައިން، ކަރަންކާވިލާ، ސ. ފޭދޫ
  • އަލްއުސްތާޛާ އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
  • އަލްއުސްތާޛާ އާމިނަތު އީމާން އަބްދުލްޣަފޫރު ، މއ. ރޯޒް 1

ބެޗްލާސް ޑިގްރީ

  • ފާތިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު

  • އާއިޝަތު ލަމްހާ ހުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
  • އަލްއުސްތާޛު ހަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
  • އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ

ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

  • ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް

  • މިޝްކާ އަފްރާހް ސަސަން ، ހ. އަރުމްލިލީ
  • ހުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
  • ފާތިމަތު ނަބާހާ އަބްދުއްރައްޒާގު، ދަފްތަރު ނަންބަރު ރސ 4843
  • އާމިނަތު ނަބީހާ އަބްދުއްރައްޒާގު، ދަފްތަރު ނަންބަރު ރސ 4844
  • ސްޓާފް ސާޖަންޓް ހަސަން ސާއިދު، ނިޔަމި، ކ. ގާފަރު

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސްގެ ހާއްސަ މެޑެލް ހާސިލުކުރި ހަތަރު ހާފިޒުންނަކީ:

  • އަލްޙާފިޡާ އާއިޝަތު ރަފާހު އަލީ، މއ. ހެބޫދޫގެ

  • އަލްޙާފިޡާ ނަވާރު ފިރާގް މުހައްމަދުފުޅު، ވިންޓަރގްރީން، ޅ. ނައިފަރު
  • އަލްޙާފިޡް އަހްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
  • އަލްޙާފިޡް މުހައްމަދު ޔޫޝައު ބިން ޒަމްޒަމް، މއ. ރިހިރާޅު