26 Dec 2020, 23:29
ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް މިރޭ ދީފިއެވެ.
އެ އިނާމުތައް ދީފައިވަނީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖު ދެއްވި އިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ހަނދާނީ ފިލާއެކެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން:
1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު)، މއ. ކޮޕީގެ
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްއުސްތާޛު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު، މާޒީ، ލ. މާވަށް
3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްމަރްޙޫމް އަލްއުސްތާޛު މުހައްމަދު ވަހީދުގެ ހަނދާނަށް
4. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އިބްރާހީމް ވަހީދު، ގ. ކަލާވެހި
5. ސިއްހީ ދާއިރާއިން:
ޑރ. ނާއިލާ އިބްރާހީމް މުހައްމަދުދީދީ، ގ. ފެއިތު
6. މަސްވެރިކަމުގެ ދާއިރާއިން:
އަދުނާން އަލީ، ގ. އާސަމް
7. ފަތުރުވެރިކަމުގެ ދާއިރާއިން:
އަހްމަދު ސަލީމް، ހ. ގަދަމޫ
8. ދަނޑުވެރިކަމުގެ ދާއިރާއިން:
މުހައްމަދު ވަހީދު، އައްސޭރި، ށ. މަރޮށި
9. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން:
މަރްޔަމް ވަހީދާ، ހ. ދުނި
10. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
މުއުމިނާ އިބްރާހީމް، ހ. ނޫމާގެ
11. ކުޅިވަރުގެ ދާއިރާއިން:
މުހައްމަދު ސައީދު، ކުދިމާ، ގދ. ތިނަދޫ
12. ކުޅިވަރުގެ ދާއިރާއިން:
ހުސައިން ރަޝީދު ހަސަން، ގ. ހުދުރުވާގެ
13. ކުޅިވަރުގެ ދާއިރާއިން:
އަހްމަދު ލަތީފް، ހ. ސީވީޑް
14. ވިޝުއަލް އާޓްސްގެ ދާއިރާއިން:
މުހައްމަދު މަނިކު، ހ. ވަވޮއި
ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 24 ބޭފުޅުން:
1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އަލްޤާރީ މައުސޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ
2. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އައްޝައިޚު ޝަރަފުއްދީން އަލީ، ފަލާހީ، ރ. އަލިފުށި
3. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އަލްޤާރީ އަބްދުﷲ އިމާދު، ގ. ޒަމާނީޤުލްޝަން
4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ހިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
ޑރ. ސައުދުﷲ އަލީ، އެއްގަމުގެ، ބ. ކެންދޫ
5. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:
ޑރ. އަޝްރަފް އަބްދުއްރަހީމް، ރޭނިގެ، ނ. ކުޑަފަރި
6. ގައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން:
މުހައްމަދު ތޯރިގު، ރަތްވިލާގެ، ނ. މަނަދޫ
7. ތައުލީމީ ދާއިރާއިން؛ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:
ހަސަން މުހައްމަދު، މއ. މާވަރު
8. ސިއްހީ ދާއިރާއިން؛ އާންމު ސިއްހަތު ކުރިއެރުވުމާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
ޑރ. ޖުމޭލާ ބޭގަމް، ގ. ނިލަންދޫ
9. ސިއްހީ ދާއިރާއިން؛ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން:
ޑރ. މުހައްމަދު ސޯލިހު، ކުއްޅަވައްގެ، ސ. ހުޅުދޫ
10. ސިއްހީ ދާއިރާއިން؛ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން:
ޑރ. މުހައްމަދު ޝާފިއު، މ. ޕޯލްސްޓާރ
11. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:
މައީދު މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް
12. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
ސައުދުﷲ ހިލްމީ، ފަތިސް، ގދ. ތިނަދޫ
13. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
މުހައްމަދު މާޒިން، ވ. ނޯޗާންސް
14. ކުދިފަންތިއާއި، މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ފެހުމާއި ޖަރީކުރުމުގެ ރޮނގުން:
ހަސަން ހުސައިންފުޅު، އައިރިސްގެ، ރ. ކަނދޮޅުދޫ
15. ހެއާ އެންޑް ބިއުޓީގެ ދާއިރާއިން؛ މީހުން ބިނާކުރުމާއި މަސައްކަތް ކުރިއެރުވުމުގެ ރޮނގުން:
ޝީޒާ އުމާދު، މ. ވޭލްޝާރކް
16. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މައުލޫމާތު ފެތުރުމުގެ ރޮނގުން:
އަލީ ސަމްއާން، ފެހިވިލާގެ، ހއ. ކެލާ
17. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން:
އަލީ ޚުޝްރުވާން އަހްމަދު، ހ. މާކަރީހައުސް
18. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްގީކުރުމުގެ ރޮނގުން:
އަބްދުﷲ އަރީފް، ނެދުންގެ، ރ. ރަސްމާދޫ
19. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން:
އިބްރާހީމް ހުސައިން، ގ. އޮއިވާލި
20. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
ޝުޖާއު ސަލީމް، ހ. ރުމޭނިޔާ
21. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
ޔޫސުފް ޢަޡީމް، ހ. ފެއަރީޕެލަސް
22. ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފޮޓޯގްރަފީގެ ރޮނގުން:
އަލީ ނިޝާން، ގ. ކޫލްގްރާސް
23. ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން:
ހުސައިން އިހްފާލް އަހްމަދު، ހ. ފްލޭޝް
24. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން:
އަލްއުސްތާޛު އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.
ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.