26 Dec 2020, 22:09
ރާއްޖެއިން އިތުރު 35 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު ނެގި 2،122 ސާމްޕަލުން 35 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ފެނުނު 35 ކޭސްގެ ތެރެއިން 34 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަތޮޅުތެރެއިް ފެނިފައިވަނީ އެންމެ ކޭސް އެކެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،618 އަށް އަރައިފައެވެ.
ކޮވިޑް ޖެހުނު 13،050 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑް ޖެހިފައިވާ 513 މީހުން އެބަތިއްބެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނީ ޖުމުލަ 39 މީހަކަށެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ