26 Jan 2012, 13:33
ދެ ލައްކަ ރުފިޔާގެ މަސްތުވާ ތަކެތި ކަނޑުމަގުން އައްޑު އަށް އެތެރެ ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހިތަދޫ އަބީރީގޭ މުހައްމަދު އިބްރާހިމް 20، އާއި ހަމައެރަށު ހަވާސް، މުހައްމަދު މަމްދޫދު 26، ހައްޔަރު ކުރީ އިއްޔެ ހަވީރު އެ ރަށަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މަސްތުވާތަކެތީގެ ރެކޯޑް އޮންނަ އެ ދެ މީހުންގެ އަތުން ބުލެޓް ސައިޒުގެ 44 ޕެކެޓާއި ފިލްމު ހުސްކުރި ދަޅަކަށް އަޅާފައި ހުރި ދެ ދަޅު ތެޔޮ ފެނިފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 200،000ރ އަރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ނަވެސް މައްސަލައިގެ ތަހުގީގު ވަނީ ފަށައިފަ އެވެ.