30 Dec 2020, 18:34
މަސް ނިމުމުގެ ކުރިން ޑޭޓާ ހުސްވުމަކީ އާންމު ކަމެކެވެ. އުރީދޫއިން ވަނީ "އާޗާ ޕްރީޕެއިޑް"ގެ ނަމުގައި މިކަމަށް ވަރަށް ފުރިހަމަ ހައްލެއް ހޯދައިދީފަ އެވެ.
މި އާޓިކަލްގައި މި ހިމަނާލަނީ އާޗާ ޕްރީޕެއިޑް ޕްލޭންތަކާ ގުޅޭގޮތުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ދެއްވި އިންޓަވިއުއެކެވެ.
މި އިންޓަވިއުގައި އާޗާ ޕްރީޕެއިޑްގައި ހިމެނޭ ތަފާތު އެކިއެކި ބައިތަކާ ގުޅޭ މައުލޫމާތު ނިޔާޒު ހިއްސާކުރައްވާނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް-- ސަން ފޮޓޯ
އާޗާ ޕްރީޕެއިޑްގައި ހިމެނެނީ މައިގަނޑު ދެ ބައެކެވެ. އެއީ ކޮންމެ މަހަކު ވަކި އަދަދަކަށް ޑޭޓާ ލިބޭ ދިގު މުއްދަތަކަށް ނެގޭ ޕްލޭންތަކަކާއި ކޮންމެ ދުވަހަކު ވަކި ވަރަކަށް ޑޭޓާ ލިބޭ ޕްލޭންތަކެކެވެ.
ޑެއިލީ ޕްލޭންތަކުގައި ހިމެނެނީ އެއް ހަފުތާގެ މުއްދަތަކަށާއި އެއް މަސް ދުވަހުގެ މުއްތަކަށް ދުވާލަކު އެއް ޖީބީ ލިބޭ ޕްލޭންތަކެކެވެ. އޭގެ ތެރެއިން ހަތް ޖީބީ ލިބޭ އެއް ހަފުތާގެ ޕްލޭންގެ އަގަކީ 150 ރުފިޔާ އެވެ. އަދި 30 ޖީބީ ލިބޭ އެއް މަހުގެ ޕްލޭންގެ އަގަކީ 500 ރުފިޔާ އެވެ.
ކޮންމެ މަހަކު ވަކި ވަރަކަށް ޑޭޓާ ލިބޭ ޕްލޭންތައް ބަހާލާފައިވަނި ތިން މަހާއި ހަ މަހާއި އެއް އަހަރު ދުވަހަށެވެ.
އާޗާ ޕްރީޕެއިޑް (ތިން މަސް): މަހަކު 2.5 ޖީބީ (750 ރުފިޔާ)
- އާޗާ ޕްރީޕެއިޑް (ހަ މަސް): މަހަކު ތިން ޖީބީ (1500 ރުފިޔާ)
- އާޗާ ޕްރީޕެއިޑް (12 މަސް): މަހަކު 3.5 ޖީބީ (3000 ރުފިޔާ)
މި ތިން ޕްލޭންގެ ތެރެއިން ހުރިހާ ޕްލޭންއަކީވެސް އެއްފަހަރު ރީޗާޖް ކޮށްލުމުން ކޮންމެ މަހަކުވެސް އަމިއްލައަށް ރިނިއުވާ ޕްލޭންތަކެކެވެ. އަދި ޑެއިލީ ޕްލޭންތަކާއި މަންތުލީ ޕްލޭންތަކުން އުރީދޫ ނަންބަރުތަކަށް މުޅިން ހިލޭ ގުޅާލެވޭނެ އެވެ.
މި ޕްލޭންތަކަކީ އެހެން ޕްލޭންތަކާ އަޅާބަލާއިރު އަގުހެޔޮ ޕްލޭންތަކެކެވެ. އުރީދޫ އެޕް މެދުވެރިކޮށް އަދި #1*929* އަށް ޑައިލްކޮށްގެން އާޗާ ޕްރީޕެއިޑް ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.