ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މަގު ބައްތިތައް ބަދަލުކޮށް އާ މަގުބައްތި ހަރުކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެއީ ހުޅުމާލޭގެ މަގުތައް އަލިކޮށް މަގުބައްތި ޖެހުމަށް އެކުލަވާލައިފައިވާ ސްޓްރީޓް ލައިޓް މާސްޓަ ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

އެޗްޑީސީން ބުނީ މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް މަގުތަކުގައި ހުރި ބައެއް ގަސްތައް ކަނޑަން ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގެ މަގުތަކުގައި ރޭގަނޑު އެކަށީގެންވާ އަލިކަމެއް ނުހުންނަކަން ހުޅުމާލޭގައި އުޅޭ ރައްޔިތުންނާއި އެ އަވަށަށް ޒިޔާރަތްކުރާ މީހުން އަބަދުވެސް ފާހަގަ ކުރެއެވެ.

ހުޅުމާލޭގެ މަގުތައް އަލިކުރުމަށް މަގުބައްތި އިތުރުކުރުމުގެ މަޝްރޫއެއް ފަށާފައިވަނީ މީގެ އަހަރެއް ކުރިންނެވެ.