ނަޝްވިލް (ޑިސެމްބަރު 26) : އެމެރިކާގެ ނަޝްވިލް ސިޓީގައި ބާރުގަދަ ބޮމެއް ގޮއްވާލި ސަރަހައްދުން އިންސާނުންގެ ހަށިތަކުގެ ކުދިކުދިވެފައިޥާ ބައިތަކެއް ފެނިއްޖެ އެވެ.

ނަޝްވިލްގެ ފުލުހުންބުނީ ނަޝްވިލްގެ މެދުތެރޭގައި ބޮންގޮއްވާލި ސަރަހައްދުން އިންސާނުންގެ ހަށިތަކުގެ ކުދިކުދިވެފައިޥާ ބައިތަކެއް ފެނުނީ ފަހުން ބަލަމުންދާ ބެލުންތަކާ ގުޅިގެންކަމަށާޢީ އެބައިތަކަކީ އެބޮން ގޮއްވާލި މީހާގެ ހަށިގަނޑުގެ ބައިތައްކަން ނޫނީ ބޮންގޮއްވާލި ވަގުތުގައި އެތަނުގައި ތިބި ބައެއްގެ ހަށިތަކުގެ ބައެއްކަން އަދި ސާފުނުވާ ކަމުގަ އެވެ.

ޏަޝްވިލްގެ ބޮމުން ލިބިފައިވާ ގެއްލުންތައް

ނަޝްވިލް ގައި ރާއްޖޭގެ ގަޑިން ރޭ އިރާކޮޅު (ނަޝްވިލްގެ ގަޑިން އިއްޔެގެ ފަތިހު) ގޮއްވާލި ބާރުގަދަ ބޮމުގެ ސަބަބުން ޒަޚަމްވީ އެންމެ ތިން މީހުން ކަމަށާއި އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެސިޓީގެ ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ބޮން ގޮއްވާލި ސަރަހައްދުން އިންސާނުންގެ ހަށިތަކުގެ ކުދިކުދިވެފައިޥާ ބައިތަކެއް ފެނުމުން މި ހާދިސާގައި ބަޔަކު މަރުވެފައިވާކަމުގެ ޝައްކުވަނީ އުފެދިފަ އެވެ.

ނަޝްވިލްގެ މެދުތެރޭގައި ބޮން ގޮއްވާލި ސަރަހައްދަކީ ފިހާރަތާއި ރާ ވިއްކާ ތަންތަނާ އަދި ކެފޭތަކާއި ރެސްޓޯރަންޓްތައް ވަރަށް ގިނަ ސަރަހައްދެކެވެ. ނަމަވެސް، ބޮންގޮއްވާލި ވަގުތަކީ ކްރިސްމަސް ދުވަސްކަމަށްވާ ޑިސެމްބަރު 25 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުކަމަށްވާތީ އެ ސަރަހައްދު އޮތީ މުޅިން ހުސްކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަޝްވިލްއަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެނަސީގެ ސިޓީއެކެވެ.

ނަޝްވިލްގައި ބޮންގޮއްވާލި ސަރަހައްދުގެ ވެހިކަލްތައް އަނދާފައި

ބޮން ގޮއްވާލުމުގެ ކުރިން ވެހިކަލެއް އައިސް 15 މިނެޓް ތެރޭގައި އެތަނުގައި ބޮމެއް ގޮވާނެކަމުގެ އިންޒާރެއް ދީފައިވާ ކަމަށާއި އެއާއެކު އެ އުޅަނދު ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ފުލުހުންނާ ދިމާއަށް ބަޑިޖެހުމަށް ފަހު ވެހިކަލް ފިލާފައިވާ ކަމަށް ފުލުހުންގެ ބަޔާނެއް ބުނެ އެވެ. ބޮން އޮތީ ކޮންތާކުކަން ފުލުހުންކުރި މަސައްކަތުން އެނގިފައެއް ނުވެ އެވެ. ނަމަވެސް ވެހިކަލުން ދިން އިންޒާރަށް ފަހު ފުލުހުން ވަނީ ބޮން ނުގޮވަނީސް އެސަރަހައްދުގެ އިމާރާތްތަކުން މީހުން ހުސްކޮށްފަ އެވެ.

މިއީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ދޮންމީހުންގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތަކުން ދިން ޙަމަލާއެއްކަމަށްވަނީ ޝައްކު ކުރެވިފަ އެވެ. ނަމަވެސް މި ބޮން ގޮއްވާލީ ކޮން ބައެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

ނަޝްވިލް ސިޓީގައި ގޮއްވާލާފައިވަނީ ބާރުގަދަ ބޮމެކެވެ. އެ ބޮމުގެ ސަބަބުން މުޅި ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ. މިއީ އަލްގާއިދާގެ ނޫނީ އައިއެސް ޖަމާއަތުގެ ޙަމަލާއެއްކަމަށް ޝައްކުކުރާ ކަމަށް އެމެރިކާ އިން ބުނެފައިނުވާއިރު އެމެރިކާގެ ފެޑްރަލް ފުލުހުން ވަނީ މި ހަމަލާގެ ގޮވުމާ އެކު މުޅި ސަރަހައްދު ގުޑައިގެން ދިޔަކަމާއި މިއީ އެމެރިކާގެ ތާރީޚުގައިވެސް އެމެރިކާގެ އެތެރޭގެ ސަރަހައްދަކަށް ބޮމަކުން ނުދޭވަރުގެ ބާރުގަދަ ޙަމަލާއެއްކަމަށް ސިފަކޮށްފައެވެ. ބޮމުގެ ސަބަބުން އެސަރަހައްދުގެ އިމާރާތްތަކާއި ވެހިކަލްތަކުގައި ރޯވެ މުޅި ސަރަހައްދުވަނީ ސުންނާފަތިވެފައެވެ.

ނަމަވެސް ޓެރަރިސްޓް ޙަމަލާއެއްކަމަށް ރަސްމީކޮށް އަދި ސިފަކޮށްފައެއް ނުވެއެވެ. (ނޫސްއެޖެންސީތަށް)