25 Dec 2020, 22:09
ރާއްޖެއިން އިތުރު 25 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު ނެގި 2،183 ސާމްޕަލުން 25 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ފެނުނު 25 ކޭސްގެ ތެރެއިން 21 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ހަތަރު ކޭސް ފެނުނީ އަތޮޅު ތަކުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،583 އަށް އަރައިފައެވެ.
ކޮވިޑް ޖެހުނު 13،026 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑް ޖެހިފައިވާ 502 މީހުން އެބަތިއްބެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނީ ޖުމުލަ 36 މީހަކަށެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ.