އޭކް ދަ ޓައިގާ އާއި ޓައިގާ ޒިންދާ ހޭ ގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ސަލްމާން ޚާން އެ ފިލްމުގެ ތިންވަނަ އިންސްޓޯލްމަންޓާ އެކު، ފެނިގެންދާއިރު މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗު މަހު ފަށަން ހަމަޖެހިއްޖެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމު މި ފަހަރު މަނީޝް ޝަރްމާއެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލް މުމްބާއީގައި ފެށުމަށް ހަމަޖެހިފައިވާ އިރު ފިލްމުގެ ބޮޑުބައި އިންޑިއާއިން ބޭރުގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އި މި ފިލްމުގެ ތިން ވަނަ އިންސްޓޯލްމަންޓް އަކީ 40.1 މިލިއަން ޑޮލަރު (300 ކުރޯޑު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ. މި ފިލްމުގެ ތިން ވަނަ ބަޔަށް ކިޔާ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ފިލްމު ރިލީޒްކުރާނީ 2022ގައި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

އެކްޓަރު ސަލްމާން މިވަގުތު "ބިގް ބޮސް 14"ގެ ޝޫޓިން ތެރޭ އަވަދިނެތި އުޅޭއިރު ބަތަލާ ކެޓްރީނާ މިވަގުތު އަންނަނީ "ފޯނު ބޫތު"ގެ މަސައްކަތް ކުރަމުންނެވެ.