25 Dec 2020, 15:39
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލައިފް ސަޕޯޓްއިން އައްޑޫ ސިޓީ ހިތަދޫގައި އާ ފިހާރައެއް ހުޅުވައިފި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ އިމަޖެންސީ ގޭޓު ކުރިމައްޗަށްވާ ގޮތަށް ހުންނަ މި ފިހާރަ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓު ހޯއްދަވާފައިވާ އަލީ ނިޒާރު އެވެ.

--ފޮޓޯ/ ލައިފް ސަޕޯޓް
ލައިފް ސަޕޯޓުން އަލަށް ހުޅުވި މި ފިހާރައިން މަޝްހޫރު އެބޮޓް ކުންފުނީގެ ބޭސްތަކާއި އިނގިރޭސިވިލާތާއި ދުބާއިން ގެނެސްގެން ވިއްކާ އުފެއްދުންތައް ލިބޭނެ އެވެ.
އެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ މައުމޫން ވިދާޅުވީ އައްޑޫގައި ހުޅުވި ފިހާރައިން އެކުންފުނީގެ މާލޭގެ ފިހާރަތަކުގައި ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް އެއް އަގުތަކުތެއްގައި ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ޕްރޮޑަކްޓްސްތައް އައްޑޫއަށް ގެނެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

--ފޮޓޯ/ ލައިފް ސަޕޯޓް
މައުމޫން ވިދާޅުވީ އެކުންފުނިން ގެނެސް ރާއްޖޭގައި ވިއްކާ ހުރިހާ ޕްރޮޑަކްޓަކީވެސް އިތުބާރު ހިފޭ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވިއްކާ ޕްރޮޑަކްޓުތައް ކަމަށެވެ.
އެގޮތުން އަންހެނުންނަށް ހާއްސަ ބެލާ ޕްރޮޑަކްޓްސް އާއި އެންޝުއާ، ވައިޓަވައިޓިކްސް އަދި ޕިޖަން ބްރޭންޑުގެ ސާމާނުގެ އިތުރުން ސްޓާބާމް ޕްރޮޑަކްޓުތައް އައްޑޫން ލިބޭނެ އިންތިޒާމު ލައިފް ސަޕޯޓުން ވަނީ ހަމަޖައްސާފަ އެވެ.

ލައިފް ސަޕޯޓް ފިހާރަ-- ފޮޓޯ/ލައިފް ސަޕޯޓް
ލައިފް ސަޕޯޓުގެ ތިން ފިހާރައެއް މާލޭގައި ހުރެ އެވެ. އަދި މިދިޔަ އަހަރު މެއި މަހު އެކުންފުނިން ވަނީ "ސެފަޔާ"ގެ ނަމުގައި މޭކަޕް ކުރަން ބޭނުންކުރާ ސާމާނާއި ކޮސްމެޓިކްސްގެ އިތުރު ބާވަތްތަކާއި ޕާސަނަލް ކެއާއަށް ބޭނުންވާ ޕްރޮޑަކްޓް ވިއްކާ ފިހާރައެއް ހުޅުވާފަ އެވެ.